Advertisement
ކ. މާލެ
|
7 ޖޫން 2017 | ބުދަ 01:58
ސުމައިދު ހޯދުމުގެ މަސައްކަތް ވައިގެ މަގުންނާއި ކަނޑުގެ މަގުންވެސް ކުރިއަށް ގެންދޭ
ސުމައިދު ހޯދުމުގެ މަސައްކަތް ވައިގެ މަގުންނާއި ކަނޑުގެ މަގުންވެސް ކުރިއަށް ގެންދޭ
ފޭސްބުކް
ސުމައިދު ހޯދުމުގެ މަސައްކަތް
ސުމައިދު ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށް އެބަ ގެންދަން: އެމްއެންޑީއެފް
ސުމައިދު ހޯދުމުގެ އޮޕަރޭޝަން އަދިވެސް ގެންދަނީ ކުރިއަށް
އޭނޭގެ ފޯނު ވަނީ ފެނިފައި
ޑިންގީ ބަންޑުން ޖަހާލި އިރު، ސުމައިދު އާއިއެކު ތިބި އަނެއް ދެމީހުންވަނީ ވަނީ ސަލާމަތްވެފައި

ޑިންގީ ބަންޑުން ޖަހާލާ ހިނގި ހާދިސާގައި ގެއްލުނު ފުލުސް މީހާ އައްޑޫ ސިޓީ ހިތަދޫ އުމުރުން 27 އަހަރުގެ ޕޮލިސް ކޯޕްރަލް މުހައްމަދު ސުމައިދު ހޯދުމުގެ މަސައްކަތް އަދިވެސް ހުއްޓާނުލާ ކުރިއަށް ގެންދާކަަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

 

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރ އިބްރާހިމް އާޒިމް ވިދާޅުވީ، ސުމައިދު ހޯދުމުގެ މަސައްކަތް އަންގާރަ ދުވަހު (މިއަދު) ވެސް ކުރިއަށް ގެންދާކަމަށެވެ. އޭނާ ހޯދުމުގެ މަސައްކަތް ވަޔާއި ކަނޑުގެ މަގުންވެސް ކުރިއަށް ގެންދާކަމަށް އާޒިމް ވިދާޅުވި އެވެ.

 

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ޑިންގީ ބަންޑުން ޖަހާލި ހާދިސާ ތަހުގީގުކުރަމުންދާކަމަށެވެ. ތަހުގީގު ކުރަމުންދާ މައްސަލައެއްކަމުން އިތުރު ތަފްސީލް ދެވެން އަދި ނެތްކަމަށް ފުލުހުން ބުންޏެވެ. ސުމައިދު ގެ ފޯނާއި މަސްބޭނުމަށް ގެންގުޅު ދޮށި ފަދަ ތަކެތި  ކަނޑުން ހޮވާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެހެންނަމަވެސް މިހާތަނަށް ސުވައިދުގެ އެއްވެސް ޚަބަރެއް ނުވާކަމަށް ފުލުހުންނާއި އެމްއެންޑީއެފުން ވެސް ބުންޏެވެ. 

 

ތިން މީހުންނާއި އެކު ފަރު މަސްވެރިކަމަށް ނުކުމުގެ އުޅެނިކޮށް ޑިންގީއެއް ބަންޑުން ޖަހާލި ހާދިސާ ހިނގާފައިވަނީ އާދިއްތަ ދުވަހުގެ އިރު އޮއްސުމުގެ ކުރީންނެވެ. މި ހާދިސާ ފުހުންނަށާއި އެމްއެންޑީއެފަށް ރިޕޯޓްކޮށްފައި ވަނީ އާދިއްތަ ދުވަހުގެ ރޭ 8:30 ހާއިރު ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ.

 

ޑިންގީ ބަންޑުން ޖަހާލި ހާދިސާގައި ސަލާމަތްވި ދެމީހުން ފަތާފައި ގޮސް އެރީ ކައިރީގައި އޮތް ޝަންގްރިއްލާ ރިސޯޓަށެވެ. ދެމީހުންނަކީ ފޭދޫއަށް ނިސްބަތްވާ ދެމީހުންނެވެ.

 

ގެއްލުނު މީހާއާ ބެހޭ އެއްވެސް ޚަބަރެއް ވޭތޯ އެސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުންނާއި ރަށްތަކުން ބަލައިދިނމަށް އެމްއެންޑީއެފުން އެދެއެވެ. އަދި އޭނާއާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވައި ދެއްވުން ވެސް އެމްއެންއެންޑީއެފުން ވަނީ އެދިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް