އެމެރިކާގެ މަޝްހޫރު ޖިފް ހެދުންތެރިޔާ ސްޓެފެން ވިލްހައިޓް މަރުވެއްޖެއެވެ.
އުމުރުން 74 އަހަރުގެ ސްޓެފަން މަރުވެފައިވަނީ ކޮވިޑް-19 ބަލީގައެވެ. މިކަން އޭނާގެ އާއިލާ އިން ވަނީ ބޭރުގެ މީޑިޔާތަކަށް ކަށަވަރު ކޮށްދީފައެވެ.
1980 ވަނަ އަހަރު ކޮމްޕުސާރވްގައި މަސައްކަތް ކުރިއިރު ސްޓެފެން ވަނީ ގްރެފިކް އިންޓަރޗޭންޖް ފޯމެޓް ނަމަކަށް ކިޔާ ފޯމެޓެއް ތާރަފުކޮށްފައެވެ. މި ފޯމެޓު މިހާރު އާންމުންގެ ތެރޭގައި ބޭނުން ކުރަމުން އަންނަނީ އެނިމޭޓެޑް އިންޓަރނެޓް މީމްސް، އަދި ޖޯކުތަކެއްގެ ގޮތުގައެވެ.
ސްޓެފެން އަކީ އާންމުންގެ ތެރެއިން ގިނަ ބައެއްގެ ލޯބި ހޯދާފައިވާ މީހެކެވެ. އަދި އޭނާ އަކީ ހިތް ހެޔޮ މިޒާޖެއްގެ މީހެއް ކަން ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ.
 
                             
                        
                
    
 
                     
                             
                        
                
    
 
                        
                
    
 
                        
                
    
