ޖުމްހޫރީ ޕާޓީގެ ދިދަ އާއި ލޯގޯ ބޭނުން ކުރުން އިލެކްޝަންްސް ކޮމިޝަނުން މަނާކުރި މައްސަލަ ޖޭޕީން އަންގާރަ ދުވަހު ކޯޓަށް ވައްދައިފިއެވެ.
ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްުﷲ ރިޔާޒް ވިދާޅުވީ ސިވިލް ކޯޓަށް ވެއްދި އެ މައްސަލާގައި އެދިފައި ވަނީ އިލެކްޝަންސް ކޮމިޝަނުން ޖޭޕީ އަށް އަންގާފައިވާ އެންގުމަކީ ބާތިލް އެންގުމެއް ކަމަށް ކަނޑައަޅައިދިނުމަށް ކަމަށެވެ.
ހޯމް މިނިސްޓްރީން އާންމުކޮށްފައިވާ، ދިވެހިރާއްޖޭގެ ޤައުމީ ދިދަ ބޭނުންކުރުމުގެ އުސޫލާ ހަވާލާދީ، ރައީސުލްޖުމްހޫރިއްޔާއަށް ޚާއްސަ ދިދަ އާއި ޖޭޕީގެ ލޯގޯ ވައްތަރުކަމަށް ޤަބޫލު ކުރެވޭ ކަމަށް ބުނެ، އިލެކްޝަން ކޮމިޝަނުން ޖުމްހޫރީ ޕާޓީއަށް އަންގާފައި ވަނީ، ޖޫން މަހުގެ 1 ވަނަ ދުވަހުގެ ކުރިން އެ ޕާޓީގެ ލޯގޯ އާއި ދިދަ ބަދަލުކުރުމަށެވެ.
ނަމަވެސް މި އެންގުމަކީ، ޤާނޫނީ ގޮތުން އިލެކްޝަން ކޮމިޝަނަށް އެންގޭނެ އެންގުމެއް ކަމަށް ޤަބޫލު ނުކުރާ ކަމަށް ބުނެ، ޖުމްހޫރީ ޕާޓީން ވަނީ 2005 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުންދާ އެ ޕާޓީގެ ލޯގޯ އާއި ދިދަ ބަދަލުކުރަން ދެކޮޅު ހަދާފައެވެ.
އިލެކްޝަންސް ކޮމިޝަނުން، ޖުމްހޫރީ ޕާޓީގެ ލޯގޯ އާއި ދިދަ ބޭނުން ކުރުން ހުއްޓާލުމަށް އެންގީ އާދިއްތަ ދުވަހު އެ ކޮމިޝަނުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަށް ފޮނުއްވި ސިޓީއަކުންނެވެ.
އިލެކްޝަންސް ކޮމިޝަންގެ ސިޓީގައި ޖޭޕީގެ ލޯގޯ އާއި ދިދަ ބަދަލު ކުރުމަށް ފުރުސަތު ދެވިފައި ވީ ނަމަވެސް ޕާޓީގެ ދިދަ އާއި ލޯގޯ ބަދަލު ކޮށްފައި ނުވާކަން ފާހަގަކޮށްފައި ވެއެވެ.