Advertisement
ކ. މާލެ
|
6 ޖޫން 2017 | އަންގާރަ 01:57
މިއަދު ޖަލަށް ވައްދަން އުޅުނު ފޯންތައް: މި މައްސަލައިގައި ހައްޔަރުކުރީ 22 އަހަރުގެ ފިރިހެނެއް
މިއަދު ޖަލަށް ވައްދަން އުޅުނު ފޯންތައް: މި މައްސަލައިގައި ހައްޔަރުކުރީ 22 އަހަރުގެ ފިރިހެނެއް
ރާއްޖެއެމްވީ
މާފުށި ޖަލު
މާފުށީ ޖަލަށް ގިނަ އަދަދެއްގެ ފޯނާއި މަސްތުވާތަކެތި ވައްދަން އުޅުނު މީހަކު ހައްޔަރުކޮށްފި
ހައްޔަރު ކުރީ 22 އަހަރުގެ ފިރިހެނަކު

ގިނަ އަދަދެއްގެ ފޯނާއި މަސްތުވާތަކެތި މާފުށީ ޖަލަށް މިއަދު ވައްދަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން ވިދާޅުވި ގޮތުގައި މާފުށީ ޖަލަށް ވައްދަން އުޅުނު ކަމަށް ތުހްމަތު ކުރެވޭ ގިނަ އަދަދެއްގެ ފޯނާއި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ރަބަރު ޕެކެޓަކާއެކު ހައްޔަރުކޮށްފައި ވަނީ 22 އަހަރުގެ ފިރިހެނެކެވެ.

މާފުށީ ޖަލަށް މަސްތުވާތަކެތި އެތެރަކުރަން އުޅުނު ކަމުގެ ތުހްމަތުގައި މި މަހުގެ އެއް ވަނަ ދުވަހު 19 އަހަރުގެ އަންހެނަކު ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.

ޖަލުގެ ގައިދީން ފޯނު ގެންގުޅޭއިރު، ޖަލަށް ފޯން ވައްދަނީ ޖަލުގެ އޮފިސަރުންނަށް ރިޝްވަތު ދީގެން ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.

ޖަލަށް މަސްތުވާތަކެއްޗާއި ފޯން އެތެރެކުރަން އުޅުނިކޮށް ހައްޔަރުކި މީހުންނަކީ ޖަލުގެ މުވައްޒަފުން ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: ޝާން އަނީސް
- ކޮމެންޓް