Advertisement
ކ. މާލެ
|
6 ޖޫން 2017 | އަންގާރަ 01:13
ފެނަކަ ކޯޕަރޭޝަން: ބޮޑު ބިލެއް ހެދީ މުވައްޒަފެއްގެ އިހުމާލުން
ފެނަކަ ކޯޕަރޭޝަން: ބޮޑު ބިލެއް ހެދީ މުވައްޒަފެއްގެ އިހުމާލުން
މުހައްމަދު ޝަރުހާން
ފެނަކަ ކޯޕަރޭޝަން
ކަރަންޓް ބިލް ބޮޑުކޮށް ހެދިކަމަށް ބުނެ ފެެނަކަ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރު ވަކިކޮށްފި
މެއިމަހުގެ ކަރަންޓް ބިލް އިސްލާހް ކުރުމަށްފަހު މިހާރު ވަނީ ގޭގެ ވެރިފަރާތާއި ޙަވާލު ކުރެވިފައި

ކަރަންޓް ބިލް ބޮޑުކޮށް ހެދި މައްސަލައަކާ ގުޅިގެން ރ. އަތޮޅު ރަށެއްގެ ފެނަކަ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރު ވަޒީފާއިން ވަކިކޮށްފިއެވެ.

ފެނަކަ ކޯޕަރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސޯޝަލް މީޑިޔާގައި މިހާރު ދައުރުވަމުންދާ ރ މަޑުއްވަރީ ހިޔާވަހިގެއަށް 20ޖޫން 2017ގައި ހަވާލުކުރެވުނު ކަރަންޓް ބިލްގައި 7803 ޔުނިޓްކަމަށް ބަލައިގެން ތައްޔާރު ކުރެވިފައިވާ ބިލަކީ ރަނގަޅު ނޫން ރީޑިންގއެއް އެންޓަރކުރެވިގެން ތައްޔާރުކުރެވިފައިވާ ބިލެއްކަން އެކުންފުންޏަށް ވަނީ ފާހަގަ ކުރެވިފައި ކަމަށެވެ. އެގޮތައް ދިމާވެފައިވަނީ ރީޑިންގ އެންޓަރ ކުރުމުގައި ބަލަން ޖެހޭ މިންގަނޑަށް ފުރިހަމައަށް ބެލިފައި ނެތުމާއި ކުރީމަހުގެ ރީޑިންގ އާއި އަޅާބަލާއިރު މިމަހުގެ ބިލްގެ ރީޑިންގ އެތައް ގުނައެއް ބޮޑުވެފައިވާތީ ބިލިންގ ސިސްޓަމްގެ އެކިމަރުޙަލާ ތަކުގައި ބިލް ޕްރިންޓް ވިޔަ ނުދީ ހިފެހެއްޓި ނަމަވެސް އެކަމަށް ސަމާލުކަމެއް ނުދީ ބިލްގައި އެއްވެސް މައްސަލައެއް ނެތްކަމަށް ސިސްޓަމުން އޮތޮރައިޒް ކުރުމަށްފަހު ބިލް ޕްރިންޓް ކޮށްފައިވާތީ ކަމަށެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ނެރުނު ބަޔާނެއްގައި ވަނީ، އެސިސްޓަންޓް މެނޭޖަރު ވަޒީފާއިން ވަކިކުރީ އެރަށު ގެއެއްގެ މެއި މަހުގެ ބިލަށް ސާޅީސް ހަތަރުހާސް ތިންސަތޭކަ އައްޑިހަ ދެރުފިޔާ އަރާ ގޮތަށް ރަނގަޅު ނޫން ކަރަންޓް ބިލް ތައްޔާރުކުރުމާ ގުޅިގެން އެކަން ބެލުމަށްފަހުކަމަށެވެ. ނަމަވެސް އެގޭގެ މެއިމަހުގެ ކަރަންޓް ބިލް އިސްލާހް ކުރުމަށްފަހު މިހާރު ވަނީ ގޭގެ ވެރިފަރާތާއި ޙަވާލު ކުރެވިފައި ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.

ފެނަކައިން ބުނީ އެކަމަކީ އެނގިހުރެ ކުންފުނި ބަދުނާމްކުރުމުގެ ނިޔަތުގައި ކޮށްފައިވާ ކަމެއްކަމަށް ފެންނާތީވެ އެކަން ކުންފުނިން ތަހުގީގް ކުރަމުންދާކަމަށެވެ. އަދި އެނިޔަތުގައި ކޮށްފައިވާ ކަމެއްކަމަށް ތަހުގީގަށް ހާމަވެއްޖެނަމަ ކުންފުނިން ކަނޑައަޅާފައި އޮންނަ އުސޫލުގެ ތެރެއިން އެކަމުގައި އިހުމާލުވި މުވައްޒަފުންނާމެދު ފިޔަވަޅު އަޅާނެ ކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
6 ޖޫން 2017 | އަންގާރަ 09:00
އަހުސަނު
ހަމަ ހޫނުގަދައީ