Advertisement
ކ. މާލެ
|
8 މާރޗް 2022 | އަންގާރަ 21:18
ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުން
ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުން
ރައީސް އޮފީސް
ޔޫކްރެއިން ހަނގުރާމަ
ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވައިފި
ދުނިޔޭގެ މަސްރަޙުގައި ތަކެތީގެ އަގުތައް އުފުލުމުގެ އިތުރުން އިޤްތިޞާދީގޮތުން ދިވެހިރާއްޖެއަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކާ ގުޅޭ މަޢުލޫމާތު ހިއްސާކޮށްފައިވޭ

ޔޫކްރެއިންގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތައް ބާއްވަވާފައިވަނީ އަންގާރަ ދުވަހުގެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ ބެއްވެވި ބައްދަލްވުމެއްގައެވެ.

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި، ވަޒީރުން ވަނީ ޔޫކްރެއިންގެ މައްސަލައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލުމުގެ އިތުރުން އިޤްތިޞާދީގޮތުން ދިވެހިރާއްޖެއަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކާ ގުޅޭ މަޢުލޫމާތު ހިއްސާކުރައްވާ، އެފަދަ އަސަރުތައް ކުޑަކުރުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. މީގެ އިތުރުން ބައިނަލްއަޤްވާމީ މަސްރަޙުގައި ދިވެހިރާއްޖެއިން މި މައްސަލައާމެދު ގެންގުޅޭ ސިޔާސަތުގެ މައްޗަށް ވަޒީރުން ވަނީ ފުޅާ ދާއިރާއެއްގައި ވާހަކަފުޅުދައްކަވާފައެވެ.

Advertisement

ރަޝިޔާ ޔޫކްރެއިންގެ ހަނގުރާމައާއި ގުޅިގެން ތެލުގެ އަގު މުޅި ދުނިޔޭގައި އުފުލެން ފަށާފައިވާ އިރު، ރާއްޖެއިން ތެޔޮ ވިއްކާ އަގު ވެސް ވަނީ ބޮޑުވެފައެވެ.

މީގެ އިތުރުން ޔޫކްރެއިންގައި ހަނގުރާމަ ފެށުމާއެކު، އެގައުމުގައި ތިބި ދިވެހިން ރާއްޖެއަށް އަނބުރާ ގެނައުމުގެ މަސައްކަތް ސަރުކާރުން ފަށާ، ޔޫކްރެއިންގައި ތިބި ހުރިހާ ދަރިވަރުން ވަނީ އަނބުރާ ގައުމަށް ގެނެސްފައެވެ. އަދި މި މަސައްކަތުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހީދު ވަނީ ބޭރުގެ ގައުމުތަކުގެ ޑިޕްލޮމެޓުންނާއި މަޝްވަރާ ކުރައްވާ އެކަމުގައި ގައުމުތަކުގެ އެހީތެރިކަން ހޯއްދަވާފައެވެ.

Advertisement

Advertisement
- ކޮމެންޓް