Advertisement
ކ. މާލެ
|
5 ޖޫން 2017 | ހޯމަ 17:38
ޑިންގީން ގެއްލުނު މީހާގެ ފޯނު ފެނުނު ސަރަހައްދު
ޑިންގީން ގެއްލުނު މީހާގެ ފޯނު ފެނުނު ސަރަހައްދު
އެމްއެންޑީއެފް
ޑިންގީން ގެއްލުނު މީހާ
ޑިންގީން ގެއްލުނު މީހާގެ ފޯނު ފެނިއްޖެ
ގެއްލިފައިވަނީ 27 އަހަރުގެ ފުލުހެއް
ގެއްލުނު އިރު އޭނާ ލައިގެން ހުރީ ކަޅުކުލައިގެ އަތްދިގު ޖަރޒީއަކާއި ކަޅުކުލައިގެ ޓްރެކްޝޫޓެއް
އޭނާގެ ފޯނު މިހާރު ވަނީ ފެނިފައި

ޑިންގީއެއް އަޑިޔަށް ގޮސް އައްޑު އަތޮޅުގައި ހިނގި ހާދިސާގައި ގެއްލިގެން ހޯދާ މީހާގެ  ފޯނު ފެނިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

އެމްއެންޑީއެފުން ބުނީ ގެއްލުނު މީހާގެ ފޯނު ފެނިފައިވާ ކަމަށާއި ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން އަދިވެސް ޑިންގީ އަޑިޔަށް ދިޔަ ސަރަހައްދު ބަލަމުންދާ ކަމަށެވެ.

ޑިންގީން ގެއްލުނު އައްޑޫ ޕޮލިހުގައި ހިދުމަތްކުރަމުން ދިޔަ އުމުރުން 27 އަހަރުގެ މުހައްމަދު އުސައިދު ހޯދުމަށް އެމްއެންޑީއެފް ހެލިކޮޕްޓަރު ހޯމަ ދުވަހުގެ ހެނދުނު 07:30 އިން ފެށިގެން ހަރަކާތްތެރިވާން ވަނީ ފަށާފަ އެވެ.

ފުލުހުންގެ ތަރުޖަމާނު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ޝިފާނު ވިދާޅުވީ، ޑިންގީން ގެއްލުނު މީހާ ހޯދުމުގައި ފުލުހުން ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވާނެ ކަމަށެވެ. މިހާދިސާ އާދިއްތަ ދުވަހުގެ ރޭ 20:30 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާއަށް ލިބުމާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑްގެ ފާސްޓް އިންޓަރސެޕްޓް ކްރާފްޓް "ހަކުރާ" އާއި ހާބަރކްރާފްޓް ވަނީ ވަގުތުން ހަރަކާތްތެރިވާން ފަށާފައެވެ. އަދި އެމްއެންޑިއެފްގެ ހެލިކޮޕްޓަރު ވެސް މިހާރު ވަނީ އޭނާ ހޯދުމުގެ މަސައްކަތް ފަށައިފައެވެ. މިހާދިސާގައި ޑިންގީ ބަންޑުން ޖަހާލާފައި ވަނީ ސ. ގަމު ކަނޑުއޮޅި ތެރެއަށެވެ.

ޑިންގީ ބަނޑުން ޖަހާލިއިރު ޑިންގީގައި ތިބީ ތިން ދިވެހިންނެވެ. އެ މީހުންގެ ތެރެއިން ސަލާމަތްވީ ފޭދޫ ފަހާގޭ ހުސައިން ސައިދު އާއި ފޭދޫ ބެންހާގޭ އަހްމަދު ނާއިފު އެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ހުސައިން ސައުދު އާއި އަހްމަދު ނާއިފު ފުރަތަމަ ގޮސް އެރީ ސަންގްރިއްލާ ކައިރީގައި އޮންނަ ފަޅު ރަށަކަށެވެ. އެ ރަށުން ފަތާފައި ގޮސް އެ މީހުން ދެން އެރީ ސަންގްރިލާ ރިސޯޓަށެވެ.

އެ ތިން މީހުން ޑިންގީގައި މަހަށް ނުކުތީ އާދީއްތަ ދުވަހު ހަވީރު 4:30 ހާއިރު ކަމަށާއި، ބޮޑު ރާޅެއްގައި ޑިންގީ ބަންޑުން ޖަހާލީ އިރުއޮއްސުނު ވަގުތު ކަމަށް ރާއްޖެއެމްވީއަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް