Advertisement
ކ. މާލެ
|
5 ޖޫން 2017 | ހޯމަ 17:25
ކައުންސިލަރުން ހުވާ ކުރަނީ
ކައުންސިލަރުން ހުވާ ކުރަނީ
ރާއްޖެ އެމްވީ
ލޯކަލް ކައުންސިލްތައް
ހަތަރު ކައުންސިލެއްގެ ރައީސް އާއި ނައިބު ރައީސް ހޮވުމުގައި އަދިވެސް ކުރިއެރުމެއް ނުލިބޭ: އެލްޖީއޭ
ހަތަރު ކައުންސިލަށް ކުރިމަތިވި މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ފަށައިފި
ކޮންމެ ބޭފުޅަކު ވެސް އަމިއްލަ ނަމަށް

ލޯކަލް ކައުންސިލް އިންތިހާބުގައި އަލަށް ހޮވުނު ކައުންސިލަރުން ހުވާ ކުރުމަށް ފަހު ރައީސާއި ނައިބު ރައީސް ހޮވިފައިވުމުގައި ގޮތެއް ނިންމިފައިނުވާ ހަތަރު ކައުންސިލް އެބަ އޮތް ކަމަށް ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފި އެވެ.

އެލްޖީއޭގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފު ވިދާޅުވީ ގިނަ ކައުންސިލްތަކެއްގެ ރައީސުންނާއި ނައިބު ރައީސުން ކަނޑައެޅިފައިވާ ކަމަށެވެ. އެހެން ނަމަވެސް ހަތަރު ރަށެއްގައި ރައީސަކު އަދި ނައިބު ރައީސަކު ހޮވުމުގައި މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކައުންސިލްތަކުގެ ނައިބު ރައީސް އަދި ރައީސް ހޮވުމުގައި ގޮތެއް ނުނިންމެނީ، މިދެ މަގާމު ހޮވުމުގައި ހޮވިފައިވާ ކައުންސިލަރުންނަށް ގޮތެއް ނުނިންމިގެންނެވެ.

މިގޮތަށް ރައީސުން އަދި ނައިބު ރައީސުން ކަނޑައެޅިފައި ނުވަނީ، ނ. އަތޮޅު ކައުންސިލާއި، ށ. އަތޮޅު ކައުންސިލާއި، މ. ދިއްގަރު ކައުންސިލާއި ބ. ދޮންފަނު ކައުންސިލެވެ. މި ކައުންސިލްތަކުގެ ރައީސުންނާއި ނައިބު ރައީސުން ކަނޑައެޅިފައި ނުވަނީ ހުރިހާ ބޭފުޅުން ރައީސް ކަމަށް ކުރިމަތިލައްވައި ކޮންމެ ކައުންސިލަރަކު ވެސް އަމިއްލަ ނަމަށް ވޯޓު ދެއްވާތީއެވެ. އަދި ތަކުރާރުކޮށް އެތައް ފަހަރެއްގެ މަތިން ބައްދަލުވުންތައް ބާއްވައިގެން ވެސް ކުރިއެރުމެއް ވަނީ ލިބޭގޮތް ނުވެފައެވެ. 

މި މައްސަލަ ހައްލު ކުރުމަށްޓަކާއި ވަކި ވަކިން ކައުންސިލްތަކަށް ގުޅައިގެން މަސައްކަތް ފަށާފައިވާ ކަމަށް އާދަމް ޝަރީފު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ކައުންސިލްތަކުގައި ރައީސް އަދި ނައިބު ރައީސް ހޮވުމަށް އޮންނަނީ ހުވާ ކުރުމަށް ފަހު ބާއްވާ ފުރަތަމަ ބައްދަލުވުމުގައި ކަމަށާއި މި މައްސަލަވީ އެންމެ އަވަހަކަށް ހައްލު ކުރުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި އަލަށް ހޮވުނު ކައުންސިލަރުން ހުވާކޮށްފައި ވަނީ، މިދިޔަ ހޮނިހިރު ދުވަހު އެވެ. އެދުވަހުގެ ހެނދުނުން ފެށިގެން ހަތަރު ދަންފަޅިއަކަށް ބަހާލައިގެން ކައުންސިލް މެންބަރުންވަނީ ހުވާ ކޮށް މަސްއޫލިއްޔަތާއި ހަވާލުވެފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް