Advertisement
ކ. މާލެ
|
5 ޖޫން 2017 | ހޯމަ 15:15
ޑީއާރުޕީގެ ލީޑަރު ކާނަލް ނަޝީދު
ޑީއާރުޕީގެ ލީޑަރު ކާނަލް ނަޝީދު
ޓްވިޓަރ
ޑީއާރުޕީގެ ލީޑަރު
ތައިލެންޑްގެ ސަފީރު ކަމަށް ކާނަލް ނަޝީދުގެ ނަން ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި
ކާނަލް ނަޝީދަކީ ޑީއަރުޕީގެ ލީޑަރ، މިހާރު ވަނީ ސަރުކަރާއެކު ކޯލިޝަން ހަދާފަ
ކާނަލް ނަޝީދަކީ ނިމިދިއަ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީއަށް ނިސްބަތްވާ މެމްބަރެއް

ތައިލެންޑްގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަގާމަށް އައްޔަންކުރެއްވުމަށްޓައި ރައީސް އަބްދުﷲ ޔާމީން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ހ.ފޮއްދޫގެ، މުހައްމަދު ނަޝީދު (ކާނަލް) ގެ ނަން ދިރާސާ ކުރުމަށް ގައުމީ ސަލާމަތު ކޮމެޓީއަށް ފޮނުވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް ހޯމަ ދުވަހު ފަށާފައިވާއިރު، ހޯމަ ދުވަހުގެ ޖަލްސާގައި، މަޖިލީހުގެ ރައީސްގެ މޭޒުން  ހުށަހަޅާ ކަންކަމުގެ ތެރެއިން ހަތަރު ކަމެއް ވަނީ މަޖިލީހަށް ހުށަހަޅުއްވާފަ އެވެ.

ޑީއާރުޕީގެ ލީޑަރު ކާނަލް ނަޝީދަކީ ދާދިފަހުން މިސަރުކާރާއި ގާތް ގުޅުމެއް ބާއްވަމުން އަންނަ ފަރާތެއްގެ ގޮތުގައި ވަނީ ފާހަގަ ކުރެވިފަ އެވެ. އެގޮތުން ދާދިފަހުން ޑީއާރުޕީ ވަނީ ސަރުކާރާއެކު ކޯލިޝަން ހަދާފަ އެވެ.

ކާނަލް ނަޝީދަކީ ކުރިން އެމްޑީޕީގެ މެމްބަރެކެވެ. ނަމަވެސް ޑީއާރުޕީ އުފެއްދުމުގައ އިސްކޮށް އުޅުއްވި ހުރިހާ ބޭފުޅުން އެ ޕާޓީ ދޫކޮށް ވަޑައިގެންނެވުމުން، ޑިއާރުޕީގެ ލީޑަރޝިޕާއި ކާނަލް ނަޝީދު ހަވާލުވެވަޑައިގެންނެވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް