Advertisement
ކ. މާލެ
|
5 ޖޫން 2017 | ހޯމަ 14:04
އެމްއެންޑީއެފް ކޯސްޓްގާޑް
އެމްއެންޑީއެފް ކޯސްޓްގާޑް
ގޫގުލް
ޑިންގީން ގެއްލުނު މީހާ
ޑިންގީ އިން ގެއްލުނު މީހާ ހޯދުމަށް ހެލިކޮޕްޓަރުގައި މަސައްކަތް ފަށައިފި
ގެއްލިފައިވަނީ 27 އަހަރުގެ ޒުވާނެއް
އޭނާ އަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގައި މަސައްކަތް ކުރާ ފުލުހެއް
ގެއްލުނު އިރު އޭނާ ލައިގެން ހުރީ ކަޅުކުލައިގެ އަތްދިގު ޖަރޒީއަކާއި ކަޅުކުލައިގެ ޓްރެކްޝޫޓެއް

ފަރު މަސްވެރިކަމަށް ނުކުމުގެ އުޅުނު ޑިންގީއެއް ބަންޑުން ޖަހާލައި އެއިއިން ގެއްލުނު މީހާ ހޯދުމަށް އެމްއެންޑީއެފްގެ ހެލިކޮޕްޓަރ ބޭނުން ކުރަން ފަށައިފި އެވެ.

އެމްއެންޑީއެފްގެ މީޑިޔާ އޮފިޝަލް ވިދާޅުވި ގޮތުގައި، ޑިންގީން ގެއްލުނު އައްޑޫ ޕޮލިހުގައި ހިދުމަތްކުރަމުންދިޔަ އުމުރުން 27 އަހަރުގެ މުހައްމަދު އުސައިދު ހޯދުމަށް އެމްއެންޑީއެފް ހެލިކޮޕްޓަރު ހޯމަ ދުވަހުގެ ހެނދުނު 07:30 އިން ފެށިގެން ހަރަކާތްތެރިވާން ފެށިއެވެ. 

ފުލުހުންގެ ތަރުޖަމާނު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ޝިފާނު ވިދާޅުވީ، ޑިންގީން ގެއްލުނު މީހާ ހޯދުމުގައި ފުލުހުން ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވާނެ ކަމަށެވެ. މިހާދިސާ އާދިއްތަ ދުވަހުގެ ރޭ 20:30 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާއަށް ލިބުމާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑްގެ ފާސްޓް އިންޓަރސެޕްޓް ކްރާފްޓް "ހަކުރާ" އާއި ހާބަރކްރާފްޓް ވަނީ ވަގުތުން ހަރަކާތްތެރިވާން ފަށާފައެވެ. މިހާދިސާގައި ޑިންގީ ބަންޑުން ޖަހާލާފައި ވަނީ ސ. ގަމު ކަނޑުއޮޅި ތެރެއަށެވެ.

ޑިންގީ ބަނޑުން ޖަހާލިއިރު ޑިންގީގައި ތިބީ ތިން ދިވެހިންނެވެ. އެ މީހުންގެ ތެރެއިން ސަލާމަތްވީ ފޭދޫ ފަހާގޭ ހުސައިން ސައިދު އާއި ފޭދޫ ބެންހާގޭ އަހްމަދު ނާއިފު އެވެ. 

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ހުސައިން ސައުދު އާއި އަހްމަދު ނާއިފު ފުރަތަމަ ގޮސް އެރީ ސަންގްރިއްލާ ކައިރީގައި އޮންނަ ފަޅު ރަށަކަށެވެ. އެ ރަށުން ފަތާފައި ގޮސް އެ މީހުން ދެން އެރީ ސަންގްރި-ލާ ރިސޯޓަށެވެ. 

އެ ތިން މީހުން ޑިންގީގައި މަހަށް ނުކުތީ އިއްޔެ ހަވީރު 4:30 ހާއިރު ކަމަށާއި، ބޮޑު ރާޅެއްގައި ޑިންގީ ބަންޑުން ޖަހާލީ އިރުއޮއްސުނު ވަގުތު ކަމަށް ރާއްޖެއެމްވީއަށް ވަނީ މައުލޫމާތު ލިބިފަ އެވެ. 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް