Advertisement
ކ. މާލެ
|
5 ޖޫން 2017 | ހޯމަ 02:03
ފުލުހުން: ފޭރޭ މައްސަލައާމެދު ކަންބޮޑުވޭ
ފުލުހުން: ފޭރޭ މައްސަލައާމެދު ކަންބޮޑުވޭ
މުހައްމަދު ޝަރުހާން
ފުލުހުން
ފޭރުމާ ގުޅޭގޮތުން ދެކެވޭ ވާހަކައިގާ ހަޤީގަތެއް ހުރީ ދެކަމެއްގައި: ފުލުހުން
ފޭރުނު ކަމަށް ބުނާ މައްސަލަ ދަނީ ތަހުގީގް ކުރަމުން
ސޯޝަލް މީޑިޔާގައި ކަންކަން ހާމަކުރުމުގައި ސަމާލުވާން ޖެހޭ

މާލޭގެ ބައެއް ހިސާބުތަކުގައި ބިރުދެއްކުމާއި ފޭރެމުންދާކަމަށް ބުނެ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ފާޅުކުރަމުންދާ ކަންމުގައި ދެހާދިސާއެއްގައި ހަޤީގަތެއް އެކުލެވޭކަމަށް ފާހަގަކުރެވިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނީ މާލޭގެ ބައެއް ހިސާބުތަކުގައި ބިރުދެއްކުމާއި ފޭރެމުންދާކަމަށް ބުނެ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ފާޅުކުރަމުންދާ ކަންބޮޑުވުމާ ގުޅޭގޮތުން އާދީއްތަ ދުވަހު އާއްމުކުރި ބަޔާނެއްގައެވެ.

އެބަޔާނުގައި ފުލުހުން ބުނީ މާލޭގެ އަމަން އަމާންކަން ބެލެހެއްޓުމުގެ މަސައްކަތަކީ ފުލުހުން ޚާއްސަ ސާމާލުކަމެއް ދީގެން އަބަދުވެސް ކުރަމުންދާ މަސައްކަތެއްކަމަށާއި ޚާއްސަކޮށް މި ރަމަޟާންމަހު މާލޭގެ މަގުތައް ބެލެހެއްޓުމާއި މާލެތެރޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުން ކަމަށެވެ.

ފުލުހުންގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ކަންކަމަށް ބަލާއިރު ހަޤީގަތް އެކުލެވޭގޮތައް ހިނގާފައިވާކަމަށް ފާހަގަ ކުރެވިފައިވަނީ ފޭރުމަކާއި ޓެކްސީ ޑްރައިވަރަކާ ގުޅޭގޮތުން ހިއްސާކޮށްފައިވާ ޝަކުވާއެއް ކަމަށެވެ. އަދި އެކަންކަމުގެ ތެރެއިން ފޭރުމުގެ މައްސަލަ ތަހުގީގު ކުރަމުންދާއިރު ޓެކްސީ ޑްރައިވަރާ ގުޅޭގޮތުން ކޮށްފައިވާ ޝަކުވާ ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މިފަދަ މައުލޫމާތު ސޯޝަލް މީޑިއާގައި ހިއްސާކުރުމުން އޭގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެދޭ ގޮތައް ޙަޤީގަތާއި ޚިލާފް ވާހަކަތައްވެސް ފެތުރިގެންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެހެންކަމުން އެފަދަ މައުލޫމާތު ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާ ކުރާ ފަރާތްތަކުން ޒިންމާދާރުވެ ޙަޤީގަތް އޮޅޭގޮތައް މައުލޫމާތު ހިއްސާ ނުކުރުމަށް އިލްތިމާސް ކުރާ ކަމަށްވެސް ފުލުހުންވަނީ ބުނެފައެވެ.

ފުލުހުން މިފަދައިން ބުނެފައި މިވަނީ މާލެ ތެރޭގައި ބަޔަކު ވަޅިދައްކައިގެން ފޭރެމުންދާކަމުގެ ވާހަކަތަކެއް ސޯޝަލް މީޑިއާގައި ދައުރުވަމުން ދަނިކޮށެވެ.  

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް