Advertisement
ކ. މާލެ
|
5 ޖޫން 2017 | ހޯމަ 00:43
ޝެއިޚް އިލްޔާސް ދީނީ ދަރުސް ދެއްވަނީ: މިހާރު ވަނީ އަނބުރާ ހުއްދަ ދެއްވާފައި
ޝެއިޚް އިލްޔާސް ދީނީ ދަރުސް ދެއްވަނީ: މިހާރު ވަނީ އަނބުރާ ހުއްދަ ދެއްވާފައި
ގޫގުލް
ސިޓީ ކައުންސިލް
ދީނީ ދަރުސް ދިނުމުގެ ހުއްދަ ޝައިޚް އިލްޔާސަށް އަލުން ދީފި
ހުއްދަ ބާތިލްކޮށްފައިވަނީ މިދިޔަ އަހަރުގެ ތެރޭގައި
ހޮނިހިރު ދުވަހު ވަނީ އިލްޔާސް އިސްލާމީ މަރުކަޒުގައި ދީނީ ތަޤްރީރު ދެއްވާފައި

ދީނީ ދަރުސް ދިނުމުގެ ހުއްދަ އަތުލާފައިވާ އައްޝައިޚް އިލްޔާސް ހުސައިނަށް، ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ އަލުން އިސްލާމިކް މިނިސްޓްރީން ދީފިއެވެ.
ޢަދާލަތު ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ޝެއިހް އިލްޔާސް ވަނީ އާދީއްތަ ދުވަހު އަސްރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި ތަގުރީރު ކުރައްވާފައެވެ.

އިލްޔާސްގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން މިދިޔަ އަހަރު ބާތިލު ކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 14 ވީ ހުކުރު ދުވަހު ނުބަލައި އައްޑުސިޓީ ފޭދޫ މިސްކިތުގައި ހުކުރު ހުތުބާ ވިދާޅުވި މައްސަލާގައެވެ.

އިލްޔާސަށް ހުއްދަ އަލުން ދިނީ ކޮން ދުވަހަކުން ފެށިގެން ކަން އަދި ވަނީ ސާފުވާ ގޮތް ނުވެފައެވެ.

ޝައިޚް އިލްޔާސަކީ އެބޭފުޅާގެ ދަރުސްތައް އަޑުއެހުމަށް ގިނަ އަދަދެއްގެ ބަޔަކު އެއްވާ ބޭފުޅެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް