Advertisement
ކ. މާލެ
|
4 ޖޫން 2017 | އާދީއްތަ 23:40
ޖުމްހޫރީ ޕާޓިން ބޭއްވި އެއްވުމެއްގެ ތެރެއިން
ޖުމްހޫރީ ޕާޓިން ބޭއްވި އެއްވުމެއްގެ ތެރެއިން
ޓްވިޓަރ
ޖުމްހޫރީ ޕާޓީ
ޖުމްހޫރީ ޕާޓީގެ ލޯގޯ އާއި ދިދަ ބޭނުންކުރުން މަނާކޮށްފި
ލޯގޯ އާއި ދިދަ ބަދަލުކުރުމަށް ކުރިން ވަނީ އަންގާފަ
ލޯގޯ އާއި ދިދަ ބަދަލުކުރަން އަންގާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ދިދައާއި ވައްތަރުވުމުން
ޖުމްހޫރީ ޕާޓީން ބުނެފައިވަނީ ދިދަ ބަދަލުކުރަން އީސީއަށް ނޭންގޭނެ ކަމަށް

ޖުމްހޫރީ ޕާޓީގެ ލޯގާ އާއި ދިދަ ބޭނުންކުރުން ނުކުރުމަށް އިލެކްޝަން ކޮމިޝަނުން އެ ޕާޓިއަށް އަންގައިފިއެވެ.

ހޯމް މިނިސްޓްރީން އާންމުކޮށްފައިވާ، ދިވެހިރާއްޖޭގެ ޤައުމީ ދިދަ ބޭނުންކުރުމުގެ އުސޫލާއި ހަވާލާދީ، ޖޭޕީގެ ލޯގޯ ރައީސުލްޖުމްހޫރިއްޔާއަށް ޚާއްސަ ދިދައާއި ވައްތަރުކަމަށް ޤަބޫލު ކުރެވޭ ކަމަބުނެ، އިލެކްޝަން ކޮމިޝަނުން މީގެ ކުރިން ޖުމްހޫރީ ޕާޓީއަށް އަންގާފައިވަނީ، ޖޫން މަހުގެ 1 ވަނަ ދުވަހުގެ ކުރިން އެ ޕާޓީގެ ލޯގޯ އާއި ދިދަ ބަދަލުކުރުމަށެވެ.

ނަމަވެސް މި އެންގުމަކީ، ޤާނޫނީ ގޮތުން އިލެކްޝަން ކޮމިޝަނަށް އެންގޭނެ އެންގުމެއް ކަމަށް ޤަބޫލު ނުކުރާކަމަށްބުނެ، ޖުމްހޫރީ ޕާޓީން ވަނީ 2005 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުންދާ އެ ޕާޓީގެ ލޯގޯ އާއި ދިދަ ބަދަލުކުރަން ދެކޮޅު ހަދާފައެވެ.

ހޯމް މިނިސްޓްރީގެ އުސޫލުގައި ވާގޮތުގައި، ޤައުމީ ދިދަ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ދިދައާއި ވައްތަރު ދިދައެއް ނުވަތަ ނިޝާނެއް އެހެން އެއްވެސް ފަރާތަކުން ބޭނުން ކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް