Advertisement
ކ. މާލެ
|
4 ޖޫން 2017 | އާދީއްތަ 22:24
މާފުށި ޖަލަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި
މާފުށި ޖަލަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި
ޓްވިޓަރ
މަސްތުވާތަކެތީގެ މައްސަލަ
މާފުށީ ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
ވިލުފުށިން ހައްޔަރުކުރީ 52 އަހަރުގެ އަންހެނަކު، މާފުށިން 19 އަހަރުގެ އަންހެނަކު

ކ. މާފުށީ ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު އަދި ތ. ވިލުފުށީގައި މަސްތުވާތަކެތި ގެންގުޅުކަމުގެ ތުހްމަތުގައި އަހަންހެނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނި ގޮތުގައި ކ.މާފުށި ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަން ފުލުހުންގެ އިންޓެލިޖެންސަށް ލިބުމާއި ގުޅިގެން ޖޫން މަހުގެ ހަތަރު ވަނަ ދުވަހު ފުލުހުންގެ އިންޓެލިޖެންސާއި ކ.މާފުށި ޕޮލިސް ސްޓޭޝަނާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރީ 19 އަަހަރުގެ އަންހެނަކު ކަމަށެވެ. ކ.މާފުށި ބަނދަރުމަތި ސަރަޙައްދުން އޭނާ ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލާފާސްކުރިއިރު އޭނާގެ އަތް ދަބަސްތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ފަސް ޕެކެޓާއި އަދި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ސެލޯފިންކޮޅެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ޖޫން އެއް ވަނަ ދުވަހު ކ.މާފުށި ފެރީގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރިކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އެ ފެރީ ބަލާފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރި ފިލްމްހުސްކުރި ދަޅެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ މިމައްސަލައާއި ގުޅިގެން މިހާތަނަށް އަދި އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެއް ނުވާކަމަށެވެ.

ތ. ވިލުފުށިން އަތުލާގަނެފައިވާ މަސްތުވާތަކެތި

ފުލުހުން ބުނީ ވިލުފުށިން ހައްޔަރުކުރި 52 އަހަރުގެ އަންހެންމީހާ ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މި ޖޫން މަހުގެ ތިން ވަނަ ދުވަހު ފުލުހުންގެ އިންޓެލިޖެންސާއި ތ.ވިލުފުށި ޕޮލިސް ސްޓޭޝަނާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. ތ.ވިލުފުށި ބަނދަރުމަތިން އޭނާ ހުއްޓުވައި ބަލާފާސްކުރިއިރު މީނާގެ އަތުގައި އޮތް ޕްލާސްޓިކް ދަޅެއްގެ ތެރޭގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ސެލޯފިންގަޑެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް