Advertisement
ކ. މާލެ
|
4 ޖޫން 2017 | އާދީއްތަ 21:56
ނ އަތޮޅު ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލައްވާފައިވާ އާދަމް ފާއިޒާއި އަލީ ޒާފިރު
ނ އަތޮޅު ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލައްވާފައިވާ އާދަމް ފާއިޒާއި އަލީ ޒާފިރު
ރާއްޖެއެމްވީ
ނ. އަތޮޅު ކައުންސިލް
10 ފަހަރު ވޯޓުލައިގެންވެސް ރައީސަކު ނުހޮވުނު!
11 ވަނަ ފަހަރަށް ވޯޓުލުން ތާވަލް ކޮށްފައިވަނީ ހޯމަ ދުވަހަށް
މަޤާމަށް ކުރިމަތިލެއްވީ އެމްޑީޕީގެ ދެ ކައުންސިލަރުން
ކައުންސިލްގައި ތިއްބަވަނީ ޕީޕީއެމްގެ 3 ކައުންސިލަރުންނާއި އެމްޑީޕީގެ 3 ކައުންސިލަރުން

ނ އަތޮޅު ކައުންސިލްގެ ރައީސް އިންތިޚާބު ކުރުމަށް 11 ވަނަ ފަހަރަށް ވޯޓު ނެގުން ހޯމަ ދުވަހަށް ތާވަލްކޮށްފިއެވެ.

ނ އަތޮޅު ކައުންސިލްގެ ރައީސް ހޮވުމުގެ ވޯޓު ދިގުލައިގެން ގޮސްފައި މިވަނީ، އެ މަޤާމަށް ބޭފުޅަކު އިންތިޚާބު ކުރުމަށް ހޮނިހިރު ދުވަހުގެ ރެއިން ފެށިގެން ވޯޓުލީ ކޮންމެ ފަހަރަކު ވޯޓުގެ ނަތީޖާ އެއްވަރު ވުމުންނެވެ. އެގޮތުން މިހާތަނަށް 10 ފަހަރު ވޯޓުލުން ކުރިއަށް ގެންގޮސްފައިވާއިރު ކޮންމެ ފަހަރަކުވެސް ވޯޓުގެ ނަތީޖާ ވަނީ އެއްވަރު ވެފައެވެ.

ނ އަތޮޅު ކައުންސިލްގެ ރައީސްކަމުގެ ވޯޓު ވާދަވެރި ވެފައިވާއިރު، އެ މަޤާމަށް ކުރިމަތިލައްވާފައިވަނީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ދެ ކައުންސިލަރުންނެވެ. އެގޮތުން މި މަޤާމަށް ކުރިމަތިލައްވާފައިވަނީ،  ވެލިދޫ ދާއިރާއިން އިންތިޚާބުވި އާދަމް ފާއިޒާއި މަނަދޫ ދާއިރާއިން އިންތިޚާބުވި އަލީ ޒާފިރެވެ.

ނ އަތޮޅު ކައުންސިލްގައި ތިއްބަވަނީ ސަރުކާރު ހިންގާ ޕީޕީއެމްއަށް ނިސްބަތްވެވަޑައިގަންނަވާ 3 ކައުންސިލަރަކާއި، އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ 3 ކައުންސިލަރެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް