Advertisement
ކ. މާލެ
|
4 ޖޫން 2017 | އާދީއްތަ 08:37
އައްޑޫ ސިޓީ ކައުންސިލް މެމްބަރުން ހުވާކުރުމުގެ ދަރުބާރު
އައްޑޫ ސިޓީ ކައުންސިލް މެމްބަރުން ހުވާކުރުމުގެ ދަރުބާރު
ރާއްޖެ އެމްވީ
އައްޑޫ ސިޓީ ކައުންސިލް
ލާމަރުކަޒީ ނިޒާމް ދިފާއުކުރުމަށް މަސައްކަތް ކުރާނަން، ސާބިތުކަމާއި އެކު ދެމި ހުންނާނަން: ސޯބެ
ކައުންސިލްގެ ބާރުވެރިކަން ހޯދުމަށް ވަކާލާތުކުރާނަން
ފިތުރު ޒަކާތް ދެއްކޭނެ ގޮތެއް އިސްލާމިކް މިނިސްޓްރީން ހަމަޖެއްސިފައި ނެތް
އައްޑޫ ސިޓީ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރަން ޖެހޭ

ލާމަރުކަޒީ ނިޒާމްގެ ދިފާއުގައި ކައުންސިލްތަކުގެ ބާރުވެރިކަން ހޯދާދިނުމަށް އައްޑޫ ސިޓީ ރައްޔިތުންގެ ޙައްގުގައި ސާބިތުކަމާއި އެކު ދެމި ހުންނާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވެއްޖެއެވެ.

 

އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރަކަށް ތިންވަނަ ފަހަރަށް ހިތަދޫ އުތުރު ދާއިރާގެ ކައުންސިލް މެމްބަރ އަބްދުﷲ ސޯދިގް (ސޯބެ) އިންތިޚާބުވުމަށް ފަހު ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން ސޯބެ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ތަރައްޤީގެ ޕްލޭން އެކަށައަޅާ ނިމިފައިވާ ކަމަށާއި، އެޕްލޭންގައިވާ ތަރައްޤީގެ މަސްރޫއުތަށް ކުރިއަށް ގެންދެވޭނީ ލާމަރުކަޒީ ނިޒާމުން ކައުންސިލްތަކަށް ބާރުވެރިން ދީގެން ކަމަށެވެ.

 

އައްޑޫ ސިޓީ ރައްޔިތުންގެ އުންމީދުތަށް ހަޤީޤަތަށް ހެދުމަށް ލާމަރުކަޒު ގާނޫނުން އެ ކައުންސިލަށް ލިބިފައިވާ ބާރުވެރިކަން ހޯދުމަށް ވަކާލާތު ކުރާނެ ކަމަށް ސޯބެ ވިދާޅުވިއެވެ.

 

އައްޑޫ ކައުންސިލްގެ ފުރަތަމަ ބައްދަލުވުމުގައި މޭޔަރު ކަމަށް ސޯބް އިންތިހާބުވީ، ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި، ހަތަރު ވޯޓުންނެވެ. އަދި ޑިޕިއުޓީ މޭޔަރަކަށް މުހައްމަދު ޔަސްރިފް އިންތިހާބުވީ ވެސް ހަތަރު ވޯޓުންނެވެ.

 

ސޯބެ ވިދާޅުވީ މިއަދާ ހަމައަށް އައިރުވެސް ރަމަޟާން މަހުގެ ފިތުރު ޒަކާތް ދެއްކޭނެ ގޮތެއް އިސްލާމިކް މިނިސްޓްރީން ހަމަޖެއްސިފައި ނެތް ކަމަށެވެ. އެހެންކަމުން އެ މިނިސްޓްރީއަށް އެހީތެރިކަން ދެއްވާއިގެން އެކަން ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް ސޯބެ ވިދާޅުވިއެވެ.

 

މީގެ އިތުރުން ސޯބެ ވިދާޅުވީ ރައްޔިތުންގެ ފުދުންތެރިކަން އިތުރުވެގެން ނޫން ގޮތަށް ސިޓީއެއް ރަށެއް ކުރިއަށް ނާރާނެ ކަމަށެވެ. މިއަދު ރައްޔިތުންނަން ލިބޭ މުސާރައިން ދެކޮޅު ނުޖެހޭ ކަން ފާހަގަކުރަމުން ސޯބެ ވިދާޅުވީ ކަރަންޓާއި ކަނޑުގެ އަގުވުން އެކަމުގެ ދަތިކަން ރައްޔިތުންން ކުރާ ކަމަށް ސޯބެ ވިދާޅުވިއެވެ. އެގޮތުން އެ ސިޓީ ރައްޔިތުންނަކީ ފުދުންތެރި ބަޔަކަށް ހެދުމަށް ފަތުރުވެރިކަމުގެ ދާއިރާއިންނާއި މަސްވެރިކަމުގެ ދާއިރާގެ އިތުރުން އެހެނިހެން ދާއިރާތަކުން ވަޒީފާގެ ފުރުޝަތު އިތުރުމަށް އިސްކަމެއް ދޭނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް