ކ. މާލެ
|
4 ޖޫން 2017 | އާދީއްތަ 04:42
ކާނަލް ނާޒިމް
ކާނަލް ނާޒިމް
ޓްވިޓަރ
ރައްޔިތުންގެ މަޖިލިސް
ތައިލެންޑުގެ ސަފީރުކަށް ކާނަލް ނަޝީދުގެ ނަން ފޮނުއްވައިފި
ރައްޔިތުންގެ މަޖިލީހުގެ ދެ ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ހޯމަ ދުވަހު ބާއްވާނެ

ރާއްޖެއިން ތައިލެންޑަށް ކަނޑައަޅާ ސަފީރުގެ މަގާމަށް ޑީއާރުޕީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) އައްޔަން ކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ. 

ޖޫން 5 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ދެ ވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި ކާނަލްގެ ނަން މަޖިލީހަށް ހުށަހަޅައި، ދިރާސާކުރަން ކޮމިޓީއަށް ފޮނުވާނެ އެވެ. 

ކުރިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ވެސް ކުރެއްވި ނަޝީދުގެ ނަން ރައީސް ޔާމީން މަޖިލީހަށް ފޮނުއްވިއިރު، ޑީއާރުޕީން ވަނީ ސަރުކާރާއެކު ކޯލިޝަން ހަދައިފަ އެވެ. 

ނަޝީދަކީ ކުރިން އެމްޑީޕީގެ މެމްބަރެކެވެ. ނަމަވެސް ޑީއާރޫޕީ އުފެއްދުމުގައި އިސްކޮށް އުޅުއްވި ހުރިހާ ބޭފުޅުން އެ ޕާޓީ ދޫކޮށް ވަޑައިގަތުމުން، ޑީއާރުޕީގެ ލީޑަޝިޕާ ކާނަލް ހަވާލުވެވަޑައިގެންނެވި އެވެ. 

ރައްޔިތުނެގެ މަޖިލީހުގެ ދެ ވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި ނަޝީދުގެ ނަން ހުށަހެޅުއްވުމުގެ އިތުރުން ދިވެހިރާއްޖެ އާއި ޔޫއޭއީއާދެމެދު ވިޔަފާރިއެއްބަސްވުމެއްގައި ސޮއިކުރުމުގެ މައްސަލަ ދިރާސާކޮށް އެ މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީ އަކަށް ފޮނުވުމާއި އެޗްއާރުސީއެމްއިން ހުސްވެފައިވާ ގޮނޑިއަށް މީހެއްގެ ނަން ހުށަހެޅުއްވުމާއި، އެލްޖީއޭގެ ބޯޑަށް ރައީސް ފޮނުއްވާފައިވާ ނަންތައް ހުށަހެޅުން ހިމެނެ އެވެ. 

- ކޮމެންޓް
4 ޖޫން 2017 | އާދީއްތަ 02:22
މުއީދ
ކާނަލް ނަޝީދަށް މަގާމު ދިނުމަކީ އަޅުގަނޑުވެސް އެހާ ގަބޫލުކަމެއް ނޫން. އެހެން ނަމަވެސް، ސިޔާސީ މަޤާމް ލިބިފައިތިބި ބޭފުޅުންނާއި، އެބޭފުޅުންގެ އިލްމީ ފެންވަރާއި ތަޢުލީމީ ބެކްގްރައުންޑަށް ބަލާއިރު، ކާނަލް ނަޝީދުއަކީ މަދުރަސީ ތަޢުލީމު ނިންމަވައި، މާސްޓަރސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާޞިލްކުރައްވާފައިވާ ބޭފުޅެއް. މީގެ އިތުރުން ޓީޗިންގ ދާއިރާގައި ގިނަދުވަސް މަސައްކަތްކޮށްފައި، އަމިއްލަ ވިޔަފާރީގައި ކާމިޔާބުތަކެއް ހޯއްދަވާފައިވާ ބޭފުޅެއް. އެހެންވީމަ، ކާނަލްއަށް މިމަޤާމްދިނީމަ އެހާ ނެގަޓިވް ކޮމެންޓް ކުރުމުގެ މޯރަލް ގްރައުންޑެއް އޮތް ކަމަކަށް އަޅުގަނޑު ޤަބޫލެއް ނުކުރަން.