ކ. މާލެ
|
3 ޖޫން 2017 | ހޮނިހިރު 22:15
އެކްސިޑެންޓްގައި ޒަހަމްވި މީހަކު އޭޑީކޭއަށް ގެންދަނީ
އެކްސިޑެންޓްގައި ޒަހަމްވި މީހަކު އޭޑީކޭއަށް ގެންދަނީ
ޓްވިޓަރ
ކަނޑުމަތީ އެކްސިޑެންޓް
އައިސީޔޫގައި ފަރުވާ ދެމުންދާ ތިން މީހުންގެ ހާލު އަންނަނީ ރަނގަޅުވަމުން: އޭޑީކޭ
އައިސީޔޫގައި ތިން މީހުންނަށް ފަރުވަދެމުންދާއިރު، ތިން މީހުންގެ ރަނގަޅުވަމުން އަންނަކަމަށް އޭޑީކޭއިން ބުނޭ
އެ ތިން މީހުންގެ އިތުރުން އިތުރު ހަ މީހަކަށް ވެސް އޭޑީކޭގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށްވެސް އޭޑީކޭއިން ބުނޭ
މި އެކްސިޑެންޓްގައި ސަމާ އައިލެންޑް ރިސޯޓްގެ ލޯންޗުން ދަތުރުކުރި 14 މީހުންނަށް އޭޑީކޭއިން އެ ހާދިސާ ހިނގި ރޭ ފަރުވާ ދީފައިވޭ

މެއި މަހުގެ 30 ވަނަ ދުވަހު ސަމާ އައިލެންޑް ރިސޯޓުން ފުރައިގެން ދަތުރުކުރި ލޯންޗެއް، ރީތިރަށް ކައިރީގައި އޮތް ދޯންޏެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުމާއި ގުޅިގެން އޭޑީކޭ ހޮސްޕޓަލުގެ އައިސީޔޫގައި ފަރުވާ ދެމުންދާ ތިން މީހުންގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

 

އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު އަފްއާލް ހޮނިހިރު ދުވަހު "ރާއްޖެއެމްވީ"އަށް ވިދާޅުވީ އެހާދިސާގައި އެންމެ ބޮޑެތި ޒަހަމްތައް ލިބުނު ތިން މީހުންގެ ތެރެއިން ދެމީހުންގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ. އަދި ބޮޑަށް ގެއްލުންވި އަދި އެންމެ ހާލު ބޮޑު މީހާގެ ހާލުވެސް ރަނގަޅުވަމުން އަންނަ ކަމަށް އަފްއާލް ވިދާޅުވި އެވެ.

 

މި އެކްސިޑެންޓުގައި އެންމެ ބޮޑަށް ޒަހަމް ވެފައިވަނީ ސަމާ އައިލެންޑް ރިސޯޓުގައި ވެއިޓަރެއްގެ ވަޒީފާގައި އުޅޭ ސ. މީދޫ ހަނދުވަރުމަތީގޭ 30 އަހަރުގެ އަލީ ވަސީމަށެވެ.

 

އޭޑީކޭ ހޮސްޕިޓަލުން ވަނީ ވަސީމްގެ ބޮލަށާއި ބޮލުގެ ނާށިގަނޑަށް ލިބިފައިވާ ބޮޑެތި ޒަހަމްތަކާއި ގުޅިގެން  އޮޕަރޭޝަނެއްވެސް ކޮށްފަ އެވެ.

 

އޭޑީކޭއިން ބުނީ މި އެކްސިޑެންޓާއި ގުޅިގެން ޖުމްލަ ނުވަ މީހަކު އެޑްމިޓްކޮށް ފަރުވާ ދެމުންދާ ކަމަށެވެ. އެ އެކްސިޑެންޓް ހިނގި ރޭ ސަމާ އައިލެންޑް ރިސޯޓްގެ އެ ލޯންޗުގައި ދަތުރުކުރި 14 މީހުންނަށް ވަނީ އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ދީފަ އެވެ.

- ކޮމެންޓް