Advertisement
ކ. މާލެ
|
3 ޖޫން 2017 | ހޮނިހިރު 21:02
ފެމިލީ ކޯޓް
ފެމިލީ ކޯޓް
ގޫގުލް
ފެމިލީ ކޯޓު ފަޅާލުން
ފެމެލީ ކޯޓުން ހަތަރު ލެޕްޓޮޕް ވަގަށްނަގާފައިވާ ކަމަށް ފުލުހުން ބުނެފި
ހަތަރު ލެޕްޓޮޕް ވަގަށްނަގާފައިވާކަން ހާމަކުރިއިރު، ފައިސާ ވަގައްނަގާފައިވާކަން މިހާތަނަށް ފުލުހުން ހާމައެއް ނުކުރި
މިހާތަނަށް އެއްވެސް މީހަކު ހައްޔަރެއް ނުކުރޭ
ދާދިފަހުން އިލެކްޝަން ކޮމިޝަނުގެ ތިޖޫރީ ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާއިރު، މީހަކު ހައްޔަރެއް ނުކުރޭ، ވަގަށްނެގި ފައިސާ އަދަދެއްވެސް ނޭނގޭ

ފެމެލީ ކޯޓު ފަލާލައި ހަތަރު ލެޕްޓޮޕް ވަގަށްނަގާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ހޮނިހިރު ދުވަހު ފުލުހުންގެ މީޑިއާ އޮފިޝަލް "ރާއްޖެއެމްވީ"އަށް ވިދާޅުވީ ފެމެލީ ކޯޓު ފަޅާލައި ވައްކަންކުރި މައްސަލާގައި ހިންގި ތަހުގީގުން މިހާތަނަށް އެނގިފައިވަނީ ހަތަރު ލެޕްޓޮޕް ވަގަށްނަގާފައިވާކަން ކަމަށެވެ. އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.

ފެމިލީ ކޯޓު ފަޅާލައި ވައްކަންކުރިއިރު އެއްވެސް ފައިސާއެއް ވަގަށްނަގާފައިނުވޭތޯ ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިހާތަނަށް އެނގިފައިވަނީ ހަތަރު ލެޕްޓޮޕް އެކަނި ވަގަށްނަގާފައިވާކަން އެކަނި ކަމަށެވެ. އަދި އެތަނަށް ގެއްލުންތައް ދީފައިވާކަންވެސް ފުލުހުން ބުނެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑީއާ އޮފިޝަލް ހުކުރު ދުވަހު ވިދާޅުވެފައިވަނީ ފެމިލީ ކޯޓު ފަޅާލާފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ހުށަހަޅާފައިވަނީ ހުކުރު ދުވަހުގެ ރޭ 9:15 ކަންހާއިރު ކަމަށެވެ.

އެނގިފައިވާ ގޮތުގައި ފެމެލީ ކޯޓް ފަޅާލާއި އެތަނުގެ ބައެއް ސެކްޝަން ތަކުގައި ހުރި ތަކެތި ވަނީ ވަގަށް ގެންގޮސްފައެވެ. އެހެންނަމަވެސް އެކޯޓް ފަޅާލައިފައި ވަނީ ކިހިނެއް ކަމެއް އަދި ނޭނގެއެވެ.

ދާދިފަހުން އިލެކްޝަން ކޮމިޝަން ފަޅާލާއި އެކޮމިޝަންގެ ތިޖޫރިގައި ހުރި ފާއިސާތައްވެސް ވަނީ ވަގަށް ގެންގޮސްފައެވެ. ފަހަކަށް އައިސް ސަރުކާރުގެ ބައެއް އޮފީސްތަކަށް ގެއްލުންދީ، އަދި އޮފީސްތަކަށް ވަގަށް ވަދެ ބައެއް ތަކެތި ގެންގޮސްފައިވާއިރު އެ މައްސަލަތަކުގެ ތަޙުގީގު ނުނިމޭކަން ފާހަގަކޮށްލެވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް