Advertisement
ކ. މާލެ
|
3 ޖޫން 2017 | ހޮނިހިރު 19:20
ފެމިލީ ކޯޓުން ވައްކަން ކުރުން
ފެމިލީ ކޯޓުން ވައްކަން ކުރުން
ގޫގުލް
ފެމިލީ ކޯޓު ފަޅާލުން
ފެމިލީ ކޯޓުން ވަގަށް ނެގީ ލެޕްޓޮޕްތަކެއް، ނުއަގުގައި ލެޕްޓޮޕް ވިއްކާ ނަމަ ސަމާލުވުމަށް އަންގައިފި!
ވަގަށް ނަގާފައިވަނީ 4 ލެޕްޓޮޕް

ފެމިލީ ކޯޓުން ވަގަށް ނަގާފައި ވަނީ ލެޕްޓޮޕްތަކެއް ކަމަށާއި ނުއަގުގައި ލެޕްޓޮޕް ވިއްކާ ނަމަ އެކަން ފުލުހުންނަށް ރިޕޯޓް ކުރުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.

ފުލުހުން ބުނީ، ހުކުރު ދުވަހުގެ ރޭ 9:15 ކަންހާއިރު ފެމިލީ ކޯޓް ފަޅާލައިފައިވާއިރު އެތަނުން ނަގާފައިވަނީ ހަތަރު ލެޕްޓޮޕް ކަމަށެވެ. ފެމިލީ ކޯޓަށް ވަދެފައި ވަނީ އެތަނުގެ ބައެއް ދޮރުތައް ހަލާކު ކޮށްލައިގެން ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ފެމިލީ ކޯޓު ފަޅާލާފައިވާ އިރު މީގެ ކުރިން އިލެކްޝަން ކޮމިޝަން ފަޅާލާއި އެކޮމިޝަންގެ ތިޖޫރިގައި ހުރި ފާއިސާތައް ވެސް ވަނީ ވަގަށް ގެންގޮސްފައެވެ.

މީގެ އިތުރުން ފުލުހުން ވަނީ މަގުމަތީގައި ބިރުދައްކައިގެން ފޭރޭ މައްސަލަތައް އާއްމުވެފައި ވާތީ އެކަމަށް ސަމާލުވުމަށް ވެސް އަންގާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް