ކ. މާލެ
|
9 ފެބްރުއަރީ 2022 | ބުދަ 09:20
ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޝިދު ހުވާކުރެއްވުން
ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޝިދު ހުވާކުރެއްވުން
ރައްޔިތުންގެ މަޖިލިސް
ކޮމަންޑޫ ދާއިރާ
ކޮމަންޑޫ ދާއިރާގެ މެމްބަރު ހުވާކުރައްވައިފި
ކޮމަންޑޫ ދާއިރާގެ އިންތިޚާބު ރާޝިދު ކާމިޔާބު ކުރެއްވީ، 1398 ވޯޓުން

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޝިދުގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ހުވާ ކުރައްވައިފިއެވެ.

ރާޝިދަށް ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދެވެ.

ކޮމަންޑޫ ދާއިރާގެ އިންތިޚާބު ރާޝިދު ކާމިޔާބު ކުރެއްވީ، 1398 ވޯޓުންނެވެ. އެއީ ވޯޓުދިން މީހުންގެ ތެރެއިން 48.5 ޕަސެންޓު މީހުންގެ ވޯޓެވެ.

ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޝިދު ހުވާ ކުރެއްވުން

އެ އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީއަށް ލިބިވަޑައިގަތީ 1161 ވޯޓެވެ. އެއީ ވޯޓު ދިން މީހުންގެ 40 ޕަސެންޓު ވޯޓެވެ. އެމްއެންޕީގެ އަބްދުލް ހަންނާން އިދުރީސަށް ލިބިވަޑައިގަތީ 323 ވޯޓެވެ. އެއީ ވޯޓުދިން މީހުން ތެރެއިން 11 ޕަސެންޓެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނެއް ބާއްވަންޖެހުނީ އެ ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން ވަހީދު 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު އަވަހާރަވުމުންނެވެ. ހުސެއިން އަވަހާރަވީ ކެންސަރުގެ ބަލީގައި ފަރުވޯ ހޯއްދަވަމުން ގެންދަވަނިކޮށް އޭޑީކޭ ހޮސްޕިޓަލުގައެވެ.

- ކޮމެންޓް