Advertisement
ކ. މާލެ
|
3 ޖޫން 2017 | ހޮނިހިރު 06:18
އިދިކޮޅު ވަފުދުގެ ބޭފުޅުން ޖަރުމަނު ޗާންސިލަރީގެ ޗީފް އޮފް ސްޓާފް، އޮނަރަބަލް ޕީޓަރ އޮލްމޭޔަރ އާއި އެކު
އިދިކޮޅު ވަފުދުގެ ބޭފުޅުން ޖަރުމަނު ޗާންސިލަރީގެ ޗީފް އޮފް ސްޓާފް، އޮނަރަބަލް ޕީޓަރ އޮލްމޭޔަރ އާއި އެކު
ރާއްޖެއެމްވީ
އިދިކޮޅު ސިޔާސީ ހަރަހާތް
އިދިކޮޅު ވަފުދުން ޖަރުމަނު ޗާންސިލަރީގެ ޗީފް އޮފް ސްޓާފާއި ބައްދަލުކުރައްވައިފި
ވަފުދުގައި އިސްކޮށް ހުންނެވީ ރައީސް ނަޝީދު
ރާއްޖޭގެ ސިޔާސީ މަސްރަހާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރެއްވި
ވަފުދުން ދަނީ ޖަރުމަނުގައި ތިއްބެވި އެކި އޮފިޝަލުންނާއި ބައްދަލުކުރައްވަމުން

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވަފުދުން މިހާރު ޖަރުމަނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ޖަރުމަނުގެ ފެޑެރަލް މިނިސްޓަރ ފޯ ސްޕެޝަލް އެފެއާޒް އާއި ޖަރުމަނު ޗާންސިލަރީގެ ޗީފް އޮފް ސްޓާފް، ޕީޓަރ އޮލްމޭޔަރ އާއި ބައްދަލުކުރައްވައިފި އެވެ.

 

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އިދިކޮޅު އެމްޑީޕީގެ ރައީސް، މުޙައްމަދު ނަޝީދު އިސްވެވަޑައިގެން ކުރިއަށްގެންދެވި މި ބައްދަލުކުރެއްވުމުގައި އިދިކޮޅު ފަރާތްތަކުގެ ވަފުދުން ވަނީ ރައްޖޭގެ ސިޔާސީ މަސްރަހާއި ގުޅޭގޮތުން ޕީޓަރ އޮލްމޭޔަރއަށް މައުލޫމާތު ދެއްވާފައެވެ. އަދ ރާއްޖޭގައި އިންސާނީ ޙައްޤުތައް ދަށު ދަރަޖައަކަށް ވައްޓާލާފައިވާކަމާއި ސަރުކާރުން ރައްޔިތުންނަށް ދެމުން ގެންދާ އަނިޔާތަކާއި ސަރުކާރުން ޝާމިލްވެގެން ހިންގާ ވައްކަމާއި ކޮރަޕްޝަންގެ މައުލޫމާތުވެސް އެ ވަފުދުން ވަނީ އެމަނިކުފާނަށް ދެއްވާފައެވެ.

 

މީގެ އިތުރުން، މި ކަންކަން ހުއްޓުވައި ދެއްވުމަށް މަސައްކަތްކޮށްދެއްވުމަށް ޕީޓަރ އޮލްމޭޔަރ އަރިހުގައި ރައީސް މުޙައްމަދު ނަޝީދާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވަފްދުގެ ބޭފުޅުން ވަނީ އެދިވަޑައިގެންފައެވެ.

 

ޖަރުމަނުގައި މިހާރު ހަރަކާތްތެރިވަމުންދާ ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ރައީސް މުޙައްމަދު ނަޝީދާއި، ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު ޢަބްދުﷲ ޝާހިދާއި، ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ގައުމީ މަޖިލިހުގެ މެމްބަރު އުމަރު އަބްދުލްރައްޒާޤާއި، ޕްރޮގްރެސިވް ޕާޓީ އޮފް ދަ މޯލްޑިވްސްގެ ނައިބު ރައީސާ އާމިނަތު ނާދިރާ އާއި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހީމް އަދި ކުރިގެ އެޑިއުކޭޝަން މިނިސްޓަރ ޑރ. އާސިމް އަޙްމަދާއި، ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމްގެ ޢާއިލާގެ ފަރާތުން އެސްޓީއޯގެ ކުރިގެ މެނޭޖިން ޑިރެކްޓަރ އާދަމް އާޒިމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް