Advertisement
ކ. މާލެ
|
3 ޖޫން 2017 | ހޮނިހިރު 04:43
ފެމިލީ ކޯޓް
ފެމިލީ ކޯޓް
ގޫގުލް
ފެމިލީ ކޯޓް
ފެމިލީ ކޯޓް ފަޅާލާއި، ގެންލުންތަކެއް ދީފި
އެ ސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުން
ލިބުނު ގެއްލުމެއް އަދި ނޭނގޭ
ސަރުކާރުގެ ބައެއް އެހެން އޮފީސްތަކަށްވެސް މީގެ ކުރިން ވަނީ ގެއްލުން ދީފަ

ފެމިލީ ކޯޓު ފަޅާލައި އެތަނުގެ ބައެއް ޝެކްޝަންތަކަށް ގެންލުންދީފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ ހުކުރު ދުވަހުގެ ރޭ 9:15 ކަންހާއިރު ފެމިލީ ކޯޓް ފަޅާލައިފައިވާ ކަމަށެވެ. ފުލުހުންނަން އެކޯޓުން އެކަން ރިޕޯޓް ކުރުމާއިއެކު މިހާރު އެކަން ތަޙުގީގު ކުރަމުންދާ ކަމަށްވެސް އެނާ ވިދާޅުވިއެވެ.

އެހެންނަމަވެސް ފެމެލީ ކޯޓަށް ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އަދި ނުލިބެވެ. މިހާރު އެސަރަޙައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފެމެލީ ކޯޓް ފަޅާލާއި އެތަނުގެ ބައެއް ސެކްޝަން ތަކުގައި ހުރި ތަކެތި ވަނީ ވަގަށް ގެންގޮސްފައެވެ. އެހެންނަމަވެސް އެކޯޓް ފަޅާލައިފައި ވަނީ ކިހިނެއް ކަމެއް އަދި ނޭނގެއެވެ.

ދާދިފަހުން އިލެކްޝަން ކޮމިޝަން ފަޅާލާއި އެކޮމިޝަންގެ ތިޖޫރިގައި ހުރި ފާއިސާތައްވެސް ވަނީ ވަގަށް ގެންގޮސްފައެވެ. ފަހަކަށް އައިސް ސަރުކާރުގެ ބައެއް އޮފީސްތަކަށް ގެއްލުންދީ، އަދި އޮފީސްތަކަށް ވަގަށް ވަދެ ބައެއް ތަކެތި ގެންގޮސްފައިވާއިރު އެ މައްސަލަތަކުގެ ތަޙުގީގު ނުނިމޭކަން ފާހަގަކޮށްލެވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް