Advertisement
ކ. މާލެ
|
3 ޖޫން 2017 | ހޮނިހިރު 01:26
ރައީސް މުޙައްމަދު ނަޝީދާއި ޖޮއިންޓް އޮޕޮޒިޝަންގެ ވަފްދު ޖަރުމަނުގައި
ރައީސް މުޙައްމަދު ނަޝީދާއި ޖޮއިންޓް އޮޕޮޒިޝަންގެ ވަފްދު ޖަރުމަނުގައި
ޓްވިޓަރ
ރައީސް ނަޝީދު
ޖަރުމަނު ވިލާތަށް ކަނޑައަޅުއްވާފައިވާ ސަފީރު އޮޕޮޒިޝަންގެ ވަފުދާ ބައްދަލުކުރައްވައިފި
ޖަރުމަނުވިލާތަށް ކަނޑައަޅުއްވާފައިވާ ސަފީރާއި ރައީސް މުޙައްމަދު ނަޝީދާއި ބައްދަލުކުރެއްވީ ހުކުރު ދުވަހު
އިންސާނީ ޙައްޤުތަަކާއި، ސަރުކާރުން ރައްޔިތުންނަށް ދެމުން ގެންދާ އަނިޔާތައް ޖަރުމަނު ސަރުކަރަށް ހިއްސާކޮށްދިނުމަށް އެދިވަޑައިގެންނެވި

ދިވެހިރާއްޖެއިން ޖަރުމަނުވިލާތަށް ކަނޑައަޅުއްވާފައިވާ ސަފީރު ޖަމީލާ ޢަލީ ރައީސް މުޙައްމަދު ނަޝީދާއި ޖޮއިންޓް އޮޕޮޒިޝަންގެ ވަފްދާއި ބައްދަލުކުރައްވައިފިއެެވެ.

 

ދިވެހިރާއްޖެއިން ޖަރުމަނުވިލާތަށް ކަނޑައަޅުއްވާފައިވާ ސަފީރު ޖަމީލާ ޢަލީ ރައީސް މުޙައްމަދު ނަޝީދާއި ޖޮއިންޓް އޮޕޮޒިޝަންގެ ވަފްދުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނާ ބައްދަލުކުރައްވާފައިވަނީ، ހުކުރުދުވަހުއެވެ.

 

ރާއްޖޭގައި އިންސާނީ ޙައްޤުތަައް ދަށު ދަރަޖައަކަށް ވައްޓާލާފައިވާކަމާއި ސަރުކާރުން ރައްޔިތުންނަށް ދެމުން ގެންދާ އަނިޔާތަކާއި ސަރުކާރުން ޝާމިލްވެގެން ހިންގާ ވައްކަމާއި ކޮރަޕްޝަންގެ މައުލޫމާތު ޖަރުމަނު ސަރުކަރާއި އެމްބެސެޑަރ ބައްދަލުކުރައްވާ އެހެނިހެން ފަރާތްތަކާ ހިއްސާކޮށްދެއްވައި އެކަން ހުއްޓުވައި ދެއްވުމަށް މަސައްކަތްކޮށްދެއްވުމަށް އެމްބެސެޑާރ އަރިހުގައި ރައީސް މުޙައްމަދު ނަޝީދާއި އޮޕޮޒިޝަންގެ ވަފްދުގެ ބޭފުޅުން އެދިވަޑައިގެންފައިވާކަމަށް އެމްޑީޕީން ބުނެ އެވެ. 

 

އެމްޑީޕީން ބުނި ގޮތުގައި، މި ބައްދަލުކުރެއްވުމުގައި ޖަރުމަނުވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައިވާ ސަފީރު ވިދާޅުވީ ދިވެހިރާއްޖޭގައި ކަންކަން ގޯސްވެފައިވާ ކަމުގެ ކަންބޮޑުވުންތައް އެކަމަނާއާ ބައްދަލުކުރައްވާ ހުރިހާ ފަރާތްތަކުންވެސް ހިއްސާކުރައްވާ ކަމުގައެވެ.

ރައީސް ނަޝީދު ޖަރުމަނަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެގައުމުގެ ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާ ގެންދަވަނީ ބައްދަލުކުރައްވަމުންނެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް