Advertisement
ކ. މާލެ
|
2 ޖޫން 2017 | ހުކުރު 05:06
ރާއްޖެ ސަރަހައްދު ދައްކުވައިދޭ އޭރިއަލް ފޮޓޯއެއް: ޔެލޯ އެލަރޓް ވަނީ ނެރެފައި
ރާއްޖެ ސަރަހައްދު ދައްކުވައިދޭ އޭރިއަލް ފޮޓޯއެއް: ޔެލޯ އެލަރޓް ވަނީ ނެރެފައި
ރާއްޖެއެމްވީ
ރާއްޖޭގެ މޫސުން
އަނެއްކާ ވެސް ޔެލޯ އެލާޓް ނެރެފި
ފަންސާސް މޭލަށް ވައި ގަދަވާނެ
ކަނޑުތައް ގަދަވާނެ
މޫސުމަށް ބަލައިގެން ދަތުރު ކުރުމަށް އިލްތިމާސް ކުރޭ

ހއ. އަތޮޅުން ފެށިގެން ކ. އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށް ޔެލޯ އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފައިވަނީ ބުރާސްފަތި ދުވަހުގެރޭގެ 23:45 އިން ފެށިގެން ދަންވަރު 03:45 އަށް ހއ. އަތޮޅުން ފެށިގެން ކ. އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށް ޔެލޯ އެލާޓް ނެރެފައިވާކަމަށެވެ.

މެޓް އޮފީހުން ބުނީ ބުރާސްފަތި ދުވަހުގެރޭ ގެ 8ން ހުކުރު ދުވަހުގެ 2 ޖެހުމާ ހަމައަށް ހއ އަތޮޅުން ފެށިގެން ގދ އަތޮޅާ ދެމެދުގެ ހިސާބުތަކަށް އެވްރެޖް ގޮތެއްގައި 23 މޭލާއި 29 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައި ޖެހޭނެ ކަމަށާއި އަދި ކެރިގަނޑުގައި 50 މޭލަށްވެސް ވައިގަދަވާނެ ކަމަށެވެ.

އެހެންކަމުން އެ ސަރަހައްދުތަކުގައި ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުކަން ދިނުމަށްވެސް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ ބުރާސްފަތި ދުވަހުގެ ރޭގެ 8 ން ފެށިގެން ހުކުރު ދުވަހުގެ ހެނދުނު 8 އާ ހަމައަށް ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުންް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެންހިސާބުތަކަށް ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލާ 50 މޭލު ދެމެދުގެބާރުމިނަކަށް ވައިގަދަވުން އެކަށީގެންވާކަމަށެވެ.

ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެ ކަމަށާއި އެހެންހިސާބުގެ ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ.

މޫސުން ވަރަށް ބޮޑަށް ގޯސްވުމާ ގުޅިގެން ރާއްޖޭގެ ގިނަ ރަށްތަކަށް ބޯކޮށްވާރޭވެހި ވައިގަދަވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ. އަދި ކަނޑުމަތީގެ އެކިއެކި ހާދިސާތައްވެސް ދަނީ ހިނގަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް