Advertisement
ކ. މާލެ
|
2 ޖޫން 2017 | ހުކުރު 04:29
ކަދުރު
ކަދުރު
ގޫގުލް
ރޯދަ މަސް
އިސްލާމިކް މިނިސްޓްރީ ބަދުނާމުކޮށް ބަހެއް ނުބުނަން: ހައުސިން މިނިސްޓްރީ
ކަދުރު ބެހުން މިހާރު ވެސް ކުރިއަށް ގެންދަން

ރޯދަ މަހަށް ހާއްސަކޮށްގެން އަރަބި އިސްލާމީ ގައުމުތަކުން ރާއްޖެއަށް ހަދިޔާކޮށްފައިވާ ކަދުރު ބެހުން ލަސްވަނީ އިސްލާމިކް މިނިސްޓްރީއާ ގުޅުންހުރި ބައެއް ކަންކަން ހަމަނުޖެހިގެން ކަމަށް ބުނެ، ހައުސިން މިނިސްޓްރީން އެއްވެސް ހަބަރެއް މީޑިއާތަކާ ހިއްސާކޮށްފައި ނުވާނެ ކަމަށް އެމިނިސްޓްރީން ބުނެފި އެވެ.

 

ހައުސިން މިނިސްޓްރީން ބުރާސްފަތި ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ މިނިސްޓްރީން މިހާރު ވެސް ކަދުރު ދޫކުރަމުންދާ ކަމަށެވެ.

 

ހުކުރު ދުވަސް ފިޔަވައި ހަފުތާގެ ހުރިހާ ދުވަހެއްގައި ތައިސޭ ކޮށީގައި ހުންނަ އާންމު ހިދުމަތްތަކާބެހޭ ބައިން ކަދުރު ބަހުން ކުރިއަށް ގެންދާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

 

ކަދަރު ދޫކުރަނީ ހެނދުނު 10:00 އިން 14:00 އަށް، އަދި ރޭނގަޑު 21:30 އިން 23:00 އަށެވެ.

 

ކަދުރު ދޫކުރަނީ ކޮންމެ ގޭބިސީއަކަށް 2 ކިލޯގެ ޕެކެޓެއް ކަމަށާއި ކަދުރު ބަލައިދާ ކޮންމެ މީހަކަށް ދޫކުރަނީ 4 ގޭބިސީގެ ކަދުރު ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް