Advertisement
ކ. މާލެ
|
2 ޖޫން 2017 | ހުކުރު 03:39
ނިލަންދޫއަށް ނަގޫރޯޅީގައި ގަހެއް ވެއްޓިފައި
ނިލަންދޫއަށް ނަގޫރޯޅީގައި ގަހެއް ވެއްޓިފައި
ޓްވިޓަރ
ނަގޫރޯޅި
ނިލަންދޫ އަށް އެރި ނަގޫރޯޅީގައި ފުރާޅު އެއްލާލި ހަތަރު ގޭގެ މީހުން އެހެން ގެތަކަށް ބަދަލުކޮށްފި
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި، 14 ރަށަކަށް ވަނީ އެކި ވަރުގެ ގެއްލުންތައް ލިބިފައި

ފ. ނިލަންދޫއަށް މިއަދު އެރި ނަގޫރޯޅީގައި ފުރާޅު އެއްލާލި ހަތަރު ގޭގައި ދިރިއުޅެމުން ދިޔަ މީހުން އެހެން ގެތަކަށް ބަދަލުކޮށްފި އެވެ. 

 

ނިލަންދޫ ކައުންސިލްގެ މެންބަރު އަބުދުލް އަޒީޒު އިބްރާހިމް ވިދާޅުވީ ނަގޫރޯޅި އަރާފައިވަނީ ބުރާސްފަތި ދުވަހުގެ މެންދުރެއްހާއިރު ކަމަށެވެ. ހަތަރު ގެއެއްގެ ފުރާޅު އެއްލާލައި، ޓިނުތައްވެސް ވީ ނުވީއެއް ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

 

އަޒީޒު ވިދާޅުވީ ގެއްލުންވި ގެތަކުގެ މީހުން، އެމީހުން ނިސްބަތްވާ އާއިލާގެ އެހެން މެންބަރުންގެ ގެތަކަށް މިހާރު ބަދަލުކުރެވިފައިވާކަމަށެވެ.

 

ގެއްލުންވި ގެތައް މަރާމާތު ކުރުމަށްޓަކައި ކައުންސިލުން ވެސް  އަދި އާއްމު ރައްޔިތުންގެ ފަރާތުންވެސް ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވާކަމަށާއި، ބައެއް ގެތައް މިހާރުވެސް މަރާމާތުކޮށް ނިމިފައިވާކަމަށެވެ.

 

އަޒީޒު ވިދާޅުވީ އެރަށުގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް ހިންގާ އިމާރާތުގެ ފުރާޅުވެސް ބުރާސްފަތި ދުވަހު އެރި ނަގޫރޯޅީގައި އެއްލާލާފައިވާ ކަމަށާއި، މިހާރު އެތަންވެސް ވަގުތީ ގޮތުން ޓިނުއަޅާ ހިޔާ ކޮށްފައި ވާކަމަށެވެ. އޭނާ ވިދާޅުވީ ވިއްސާރައިގެ ސަބަބުން 10 ގެއަކަށް އެކިވަރުގެ ގެއްލުންވެފައިވާ ކަމަށާއި އެކަމަކު އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް