ކ. މާލެ
|
2 ޖޫން 2017 | ހުކުރު 03:13
މިރޭ ބާއްވަމުން ގެންދާ ގައުމީ މަޖިލީހުގެ ބައްދަލުވުން
މިރޭ ބާއްވަމުން ގެންދާ ގައުމީ މަޖިލީހުގެ ބައްދަލުވުން
އަޒުމޫން އަހުމަދު
އެމްޑީޕީގެ ކޮންގްރެސް
ހަތް އަހަރަށް ފަހު އެމްޑީޕީގެ ކޮންގްރެސް ސެޕްޓެމްބަރު މަހު ބާއްވަނީ
އެންމެ ފަހުން އެމްޑީޕީގެ ކޮންގްރެސް ބޭއްވީ 2010 ގައި
2014 ވަނަ އަހަރު ކޮންގްރެސް ބޭއްވުމަށް މަސައްކަތް ކުރި
މުދަލުގެ އަގު ބޮޑުވާ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރި

 ހަތް އަހަރު ފަހުން، މި އަހަރުގެ ސެޕްޓެމްބަރު މަހު އެމްޑީޕީގެ ހަތަރު ވަނަ ކޮންގްރެސް ބޭއްވުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ބުރާސްފަތި ދުވަހުގެ ރޭ ފާސްކޮށްފި އެވެ. 

 

އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ހުށަހެޅުއްވި މި ހުށަހެޅުން ފާސްކުރީ ގައުމީ މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވި 35 މެމްބަރުންގެ އިއްތިފާގުންނެވެ.

 

ގައުމީ މަޖިލީހުގައި ޝިފާޒު ވިދާޅުވީ ސެޕްޓެމްބަރު 15 ވަނަ ދުވަހަކީ ބައިނަލްއަގުވާމީ ޑިމޮކްރަސީ ދުވަހަށް ވުމާއެކު، މި ތާރީހަކީ ކޮންގްރެސް ބޭއްވުމަށް އެންމެ މުހިންމު އަދި މުނާސަބަތު ތާރީހު ކަމަށެވެ. 

 

ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވީ ކޮންގްރެސް ބޭއްވުން މާބޮޑަށް ލަސްވެއްޖެ ކަމަށާއި ނަަމަވެސް މިހާރު ހުށަހަޅާފައިވާ ތާރީހުގައި ކޮންގްރެސް ބޭއްވުމުގެ އިންތިޒާމުތައް ފުރިހަމައަށް ހަމަޖެހިފައިވޭތޯ ސުވާލު ކުރެއްވެވި އެވެ. އަދި އެކަމަށް ތަނެއް ހަމަޖެއްސުމާއި ބަޖެޓް ހަމަޖެއްސުން މުހިންމު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

 

އެންމެ ފަހުން ބާއްވާފައިވަނީ 2010 ވަނަ އަހަރު އެވެ.  އެއަށް ފަހު 2014 ވަނަ އަހަރު ކޮންގްރެސް ބޭއްވުމަށް މަސައްކަތް ކުރި ނަމަވެސް، އެންމެ ފަހު ވަގުތު ކޮންގްރެސް ފަސްކުރި އެވެ.

 

އެމްޑީޕީގެ މިރޭގެ ގައުމީ މަޖިލީހުގައި މުދަލުގެ އަގު އުފުލޭ މައްސަލައާމެދު ކަންބޮޑުވުން ފާޅުކުރި އެވެ. 

- ކޮމެންޓް