ކ. މާލެ
|
2 ޖޫން 2017 | ހުކުރު 01:59
ވައިކަތަދޫއަށް މި ކޮޅިގަނޑު އައިސްފައިވަނީ ރޭ ދަންވަު
ވައިކަތަދޫއަށް މި ކޮޅިގަނޑު އައިސްފައިވަނީ ރޭ ދަންވަު
ރާއްޖެއެމްވީ
ވައިކަރަދޫގެ ދަނޑުތައް
ކޮޅިގަނޑުގައި ވައިކަރަދޫގެ ދަނޑުތައް ހަލާކުވެއްޖެ
ލިބުނު ގެއްލުން ހަތަރު ލައްކައަށް އަރާނެ

މިހާރު ކުރަމުންދާ ވިއްސާރައިގައި ހދ. ވައިކަރަދޫ އަށް ބުދަ ދުވަހުގެ ރޭ އައި ކޮޅިގަނޑެއްގައި އެރަށުގެ ފަންސާހަކަށް ދަނޑު ހަލާކުވެފައިވާކަމަށް ވައިކަރަދޫ ކައުންސިލުން ބުނެފިއެވެ.

 

ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން ވައިކަރަދޫ ކައުންސިލްގެ ރައީސް އިބުރާހިމް މުހައްމަދު ވިދަޅުވީ ދަނޑުތައް ހަލާކުވީ، ބުދަ ދުވަހުގެ ރޭ މެންދަމުން 1.30 ހާއިރު  ބާރުގަދަ ކޮޅިގަނޑެއްގައި ކަމަށެވެ.

 

އިބްރާހިމް ވިދާޅުވީ ފަޅޯދަނޑުތަކުގެ 90 ޕަސެންޓް ދަނޑު ހަލާކުވެފައިވާއިރު، ގިނަ އަދަދެއްގެ ފަތްކެޔޮ ގަސްތައް ވެސް ހަލާކުވެފައިވާ ކަމަށެވެ. މިއީ ގާތްގަނޑަކަށް ހަތަރު ލައްކަ ރުފިޔާގެ ގެއްލުމެއް ކަމަށް އިބްރާހިމް މުހައްމަދު ވިދާޅުވި އެވެ. 

 

" މީ ދެން ވަރަށް ބޮޑު ގެއްލުމެއް. ދަނޑުތައް މިހާރު އެވަނީ ސާފުކުރަން ފަށާފައި. ބަދަލެއްވެސް ލިބޭތޯ ބަލަން މިނިސްޓްރީއާ މިދަނީ ވާހަކަ ދައްކަމުން" އިބްރާހިމް ވިދާޅުވިއެވެ.

 

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އއ. ތޮއްޑޫގެ ފަޅޯ ދަނޑުތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި، 14 ރަށަކަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފަ އެވެ. 

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކަނޑުމަތީގެ ތާފަތު  ހާދިސާތައްވެސް ދަނީ ހިންގަމުންނެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ، ރާއްޖޭގެ އެންމެ އުތުރުން ހއ. އަދި ގދ. އަތޮޅަށް ގަދައަށް ވިއްސާރަކުރާނެކަމަށެވެ. އަދި އެހެން ހިސާބުތަކަށްވެސް ވިއްސާރައިގެ އަސަރު ކުރާނެކަމަށް އެ އިދާރާއިން ބުނެއެވެ.

- ކޮމެންޓް