މޫސުމަށް އަންނަ ކުޑަ ބަދަލަކުން ވެސް ރާއްޖެއަށް ބޮޑު ގެއްލުމެއް ކުރިމަތިވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، ޖަރުމަނު ވިލާތުގެ ޑީޑަބްލިޔު ނިއުސްގެ ޕްރޮގްރާމެއްގައި ބުރާސްފަތި ދުވަހު ވާހަކަ ދައްކަވަމުންނެވެ.
ކުދި ޖަޒީރާ ގައުމުތަކުގެ ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ދުނިޔޭގެ ފެންވަރުގައި ކުރައްވާފައިވާ މަސައްކަތްޕުޅުތަކަށް އެތައް ޝަރަފްވެރި އެވޯޑެއް ހޯއްދަވާފައިވާ ރާއްޖޭގެ ކުރީގެ ރައީސް ނަޝީދު، ގުޅިފައިވާ ޕާޓީތަކުގެ ވަފްދަކާ އެކު ޖަރުމަނުވިލާތައް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޑީޑަބްލިޔު ނިއުސް އަށް ދެއްވި އިންޓަވިއުގައި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުންނާއި އެފަދަ ބަދަލުތަކުގެ ސަބަބުން ރާއްޖެ އާއި ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ގެއްލުންތަކުގެ މައްޗަށް ފުޅާ ދާއިރާއެއްގައި ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
"Small climate changes have great effects on the Maldives," former President @MohamedNasheed tells DW pic.twitter.com/t4ptDC3J4q
— dwnews (@dwnews) June 1, 2017