Advertisement
ކ. މާލެ
|
2 ޖޫން 2017 | ހުކުރު 00:13
އެމްޑީޕީގެ ޖަލްސާއެއް ކުރިއަށް ދަނީ
އެމްޑީޕީގެ ޖަލްސާއެއް ކުރިއަށް ދަނީ
ޓްވިޓަރ
އެމްޑީޕީ
އެމްޑީޕީގެ ކޮންގްރެސް ބާއްވާނެ ތާރީހެއް ކަނޑައެޅުން މިރޭ
ކޮންގްރެސް ބާއްވަނީ ހ. ހައިފާގައި
މުދަލުގެ އަގު ބޮޑުވާތީ ކަންބޮޑުވުން ފާޅުކުރާނެ
ކޮންގްރެސް އެންމެ ފަހުން ބާއްވާފައިވަނީ 2010 ވަނަ އަހަރު

މިރޭ ބާއްވާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުގައި އެމްޑީޕީގެ ހަތަރު ވަނަ ކޮންގްރެސް ބާއްވާނެ ތާރީހެއް ކަނޑައަޅާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.

 

ހ. ހައިފާގައި ބާއްވާ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ކޮންގްރެސްގެ ތާރީހެއް ކަނޑައެޅުމުގެ އިތުރުން، މުދަލުގެ އަގު ބޮޑުވާތީ ކަންބޮޑުވުން ފާޅުކުރުން ވެސް އޮންނާނެ އެވެ.

 

ހަތަރު ވަނަ ގައުމީ މަޖިލީހުގެ ތާރީހެއް މި ކަނޑައަޅަނީ، ކުރިން މި ކޮންގްރެސް ބާއްވަން ކަނޑައެޅި ތާރީހަށް ވުރެ ތިން އަހަރު ފަހުންނެވެ. ހަތަރު ވަނަ ކޮންގްރެސް ބާއްވަން އުޅުނީ 2014 ވަނަ އަހަރުގެ ޖޫން މަހު އެވެ.  އެ ފަހަރު ކޮންގްރެސް ފަސްކުރީ، ތަނެއް ނުލިބުމުގެ ސަބަބުނެވެ.

 

އެމްޑީޕީގެ ކޮންގްރެސް އެންމެ ފަހުން ބާއްވާފައިވަނީ 2010 ވަނަ އަހަރު އެވެ.
 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް