Advertisement
ކ. މާލެ
|
1 ޖޫން 2017 | ބުރާސްފަތި 22:53
ރާއްޖޭގެ ލަންކާ އެމްބަސީގެ މުއައްޒަފުންނާ ފޮރިން މިނިސްޓަރ މުހައްމަދު އާސިމް ބައްދަލުކުރައްވަނީ
ރާއްޖޭގެ ލަންކާ އެމްބަސީގެ މުއައްޒަފުންނާ ފޮރިން މިނިސްޓަރ މުހައްމަދު އާސިމް ބައްދަލުކުރައްވަނީ
ރާއްޖެއެމްވީ
ލަންކާ އެމްބަސީ
ލަންކާގައި ހުންނަ ދިވެހި އެމްބަސީގެ މުއައްޒަފުންނާ ފޮރިން މިނިސްޓަރ ބައްދަލުކުރައްވައިފި
މި ބައްދަލުވުމުގައި، ރާއްޖެއާއި ލަންކާއާއި ދެމެދު އޮންނަ ގުޅުން ވަރުގަދަ ކުރުމަށް މަސައްކަތްކުރުމަށް ބާރުއެޅުއްވި

ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ މުއައްޒަފުންނާ ފޮރިން މިނިސްޓަރ މުހައްމަދު އާސިމް ބައްދަލުކުރައްވައިފިއެވެ.

 

ބުރާސްފަތި ދުވަހުގެ މެންދުރުފަހު އޮތް މި ބައްދަލުވުމުގައި، ރާއްޖެއާއި ލަންކާއާ ދެމެދު އޮންނަ  ގުޅުން ވަރުގަދަ ކުރުމަށް ދިވެހި އެމްބަސީގެ މުއައްޒަފުން ކުރަމުންގެންދާ މަސައްކަތްތަކާ ގުޅޭ ގޮތުން މިނިސްޓަރު ވަނީ މަޝްވަރާކުރައްވާފައެވެ.

 

ލަންކާއަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުންދާ ގައުމަކަށް ވެފައި އެބައި މީހުންނަށް ކުރިމަތިވާ ދަތިތަކަށާއި ހުށައެޅޭ މައްސަލަތަކަށް އަވަހަށް އެޓެންޑްކޮށް އެންމެ މުހިއްމުކަމެއްދީގެން ޚިދުމަތް އަވަސްކޮށްދިނުމުގެ މުހިއްމު ކަމުގެ މައްޗަށް މިނިސްޓަރ އާސިމް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

 

މީގެ އިތުރުން ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުސަތުތަކާއި ޓޫރިޒަމް ދާއިރާގައި ހުރި ފުރުސަތުތަކާއި ގުޅޭ ގޮތުން އެމްބަސީ މެދުވެރިވެގެން ބޭރުގެ ފަރާތްތަކާ މައުލޫމާތު ހިއްސާކުރުމަށް މަސައްކަތް ކުރުމަށް އެމްބަސީގެ މުއައްޒަފުންގެ ކިބައިން މިނިސްޓަރ އާސިމް ވަނީ އެދިވަޑައިގެންފައެވެ.

 

މިނިސްޓަރ ލަންކާއަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގައި، އެގައުމުގައި ހުންނަ މޯލްޑިވިއަން އެޑިއުކޭޝަނަލް ކަލްޗަރ ސެންޓަރ އަށް ޒިޔާރަތްކޮށް އެތަނުގެ ޓީޗަރުންނާއި ސްޓާފުންނާ ވަނީ ބައްދަލުކުރައްވާފައެވެ.

 

މިނިސްޓަރ އާސިމްގެ މި ދަތުރުފުޅަކީ، ސްރީ ލަންކާއަށް ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެން އެ ގައުމުގައި ހާލުގައި ޖެހުނު ފަރާތްތަކަށް ރާއްޖެއިންދޭ އެހީ، ހަވާލުކުރެއްވުމަށް ކުރައްވި ދަތުރުފުޅެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް