Advertisement
ކ. މާލެ
|
1 ޖޫން 2017 | ބުރާސްފަތި 17:28
އަޔަލެންޑް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ނޮން – ރެޒިޑެންޓް ސަފީރު
އަޔަލެންޑް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ނޮން – ރެޒިޑެންޓް ސަފީރު
ރައީސް އޮފީސް
ރައީސް ޔާމިން
އަޔަލެންޑްގެ ވިޔަފާރިވެރިން ރާއްޖޭގައި އިންވެސްޓްކުރުން އިތުރުވާނެ ކަމަށް އުއްމީދުކުރަން: ރައީސް
މިއީ އަޔަލެންޑް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ފުރަތަމަ ސަފީރު

ރާއްޖޭގައި އިންވެސްޓްކުރާ އަޔަލެންޑްގެ ވިޔަފާރިވެރިން އިތުރުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް  ވިދާޅުވެއްޖެއެވެ.

 

އެމަނިކުފާނު މިހެން ވިދާޅުވީ އަޔަލެންޑް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ނޮން – ރެޒިޑެންޓް ސަފީރު، ބްރަޔަން މެކްއެލްޑަފް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެއެވެ.

 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، އަޔަލެންޑް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ފުރަތަމަ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަހުނިޔާ އާއި މަރުހަބާ ވިދާޅުވިއެވެ

.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިއަހަރުގެ ޑިސެންބަރު މަހުގެ 7 ވަނަ ދުވަހަކީ ރާއްޖެ އާއި އަޔަލެންޑާ ދެ ޤައުމުގެ ދޭތެރޭ ދޭދޭ ގުޅުން ގާއިމު ކުރި ފަހުން 18 އަހަރު ފުރޭ ދުވަސްކަން ފާހަގަކުރެއްވިއެވެ. އަދި، ރާއްޖެއާއި އަޔަލެންޑާ ދެމެދު އޮންނަ ގުޅުމަކީ ރާއްޖެއިން ވަރަށް ބޮޑު އަހަންމިއްޔަތެއް ދޭ ގުޅުމެއް ކަމަށާއި، އަޔަލެންޑުން އަބަދުވެސް ރާއްޖެއަށް ދެމުން ގެންދާ އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި އަޔަލެންޑްގެ ސަފީރަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ދިވެހި ސަރުކާރުގެ އިޤްތިޞާދީ އެޖެންޑާ އާއި، ރާއްޖޭގެ ޤާނޫނުތައް ނެގެހެއްޓުމަށްޓަކައި ސަރުކާރުން ދެއްވާ އަހަންމިއްޔަތުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އާއި އަޔަލެންޑްގެ ސަފީރު ޚިޔާލު ބަދަލުކުރެއްވިއެވެ. އަދި، ރާއްޖެ އާއި އަޔަލެންޑާ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާ ބެހޭ ގޮތުންނާއި، ޚާއްޞަކޮށް ތައުލީމީ ދާއިރާއިން އިތުރަށް ގުޅުން ބަދަހި ކުރެއްވުމަށް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

 

އަޔަލެންޑްގެ އާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، އަޔަލެންޑުން ތައުލީމު ހާސިލްކުރާ ދިވެހިން އިތުރުވުމަށް އެދިވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ. އަދި، ވައިގެ ދަތުރުފަތުރުގެ ދާއިރާއިންނާއި، ވިޔަފާރީގެ ދާއިރާއިން ދެ ޤައުމުގެ ދޭތެރޭ އިތުރަށް ގުޅުން ބަދަހި ކުރެއްވުމުގެ މައްޗަށް އަޔަލެންޑްގެ ސަފީރުގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް