Advertisement
ކ. މާލެ
|
1 ޖޫން 2017 | ބުރާސްފަތި 15:26
ކުޑަހުވަދޫ އެއަރޕޯޓަށް ޓެސްޓް ފްލައިޓްތަކެއް ބޭއްވުން
ކުޑަހުވަދޫ އެއަރޕޯޓަށް ޓެސްޓް ފްލައިޓްތަކެއް ބޭއްވުން
ރާއްޖެއެމްވީ
ކުޑަހުވަދޫ އެއަރޕޯޓް
ކުޑަހުވަދޫ އެއަރޕޯޓަށް ފުރަތަމަ ޓެސްޓް ފްލައިޓް ޖައްސައިފި
އެއާޕޯޓުގައި 1،800 މީޓަރުގެ ރަންވޭއެއް އޮވޭ
މިޕްލައިޓުގައި ވަޒީރުންނާއި މަޖިލިސް މެމްބަރުން ބައިވެރިވި
ރިއޯލޯ ކުންފުނިން އަންނަނީ ދ. އަތޮޅުގައި އެންމެ މަތީ ފަންތީގެ ރިސޯޓެއް ވެސް ތަރައްގީ ކުރަމުންނެ

ގާތްގަނޑަކަށް 20 މިލިއަން ޑޮލަރު އިންވެސްޓްކޮށްގެން ރިއޯލޯ ކުންފުނިން ކުޑަހުވަހޫގައި ތަރައްގީކުރި އެއާޕޯޓަށް ޓެސްޓް ފަލައިޓް ޖައްސައިފިއެވެ.

 

މިކަމަށްޓަކައި ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައި ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި ސަރުކާރުގެ ވަޒީރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. 

 

ކުޑަހުވަދޫގައި ހަދާ އެއާޕޯޓު ތަރައްގީކުރަނީ ފެންވަރު ރަނގަޅު ވަސީލަތްތަކާއެކުގަ އެވެ. މި އެއާޕޯޓުގައި 1،800 މީޓަރުގެ ރަންވޭއެއް ވެސް ހުރެއެވެ.

މިމަޝްރޫޢުގެ ޢަމަލީ މަސައްކަތް ސަރުކާރުން ފަށްޓަވާފައިވަނީ 2014 ވަނަ އަހަރުގެ ކުރީކޮޅުގައެވެ.

 

ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ސަރުކާރުން މިމަސައްކަތް ޙަވާލުކުރައްވާފައިވަނީ ރިއޮލޯ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ. އެއަރޕޯޓްގެ ހުރިހާ މަސައްކަތެއް މިހާރު ވަނީ ނިމިފައެވެ.  ކުޑަހުވަދޫ އެއަރޕޯޓަކީ ޕްރައިވެޓް ޖެޓް ޖެއްސޭގޮތަށް ޒަމާނީ ފެންވަރަށް ތަރައްޤީކުރާ އެއަރޕޯޓެކެވެ.

 

ކުޑަހުވަދޫ އެއަރޕޯޓް ހެދުމަށް ހިއްކާފައިވާ 62 ހެކްޓަރުގެ ބިމުގެ އިތުރުން، އެރަށުގައި އިތުރު 45 ހެކްޓަރުގެ ބިން ވެސް ވަނީ ހިއްކާފައެވެ.

 

އައިލެންޑް އޭވިއޭޝަނުގެ އަމާޒަކީ ދ. އަތޮޅު ކުޑަހުވަދޫ އެއަރޕޯޓަށް ދުވާލަކު ތިނެއް ނުވަތަ ހަތަރު ފްލައިޓް އޮޕަރޭޓްކުރުން ކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ. މޯލްޑިވިއަންގެ އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ކުރިއަށް އޮތް ތަނުގައި ޑޭޝް އަށެއް މަރުކާގެ އިތުރު ބޯޓުތައް ގެނައުމަށް އެކުންފުނިން ގެންދަނީ މަސައްކަތްކުރަމުންނެވެ.

 

ކުޑަހުވަދޫ އެއާޕޯޓް ކުރާ ރިއޯލޯ ކުންފުންޏަކީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި މަގުބޫލުކަން ހޯދަމުން އަންނަ ކުންފުންޏެކެވެ. މި ކުންފުނިން އަންނަނީ އެންމެ މަތީ ފަންތީގެ ރިސޯޓެއް ވެސް ދ. އަތޮޅުގައި ތަރައްގީ ކުރަމުންނެވެ. ދ. ކަނޑިންމާގައި އެ ރިސޯޓް ހުޅުވާއިރު ރާއްޖޭގެ އެންމެ ބޮޑު ސުވިމިން ޕޫލް ވެސް އޮންނާނީ އެ ރަށުގަ އެވެ. 

 

ކުޑަހުވަދޫއަކީ 3000 މީހުންގެ އާބާދީއެއް ދިރިއުޅޭ ރަށެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް