ކ. މާލެ
|
15 ޖެނުއަރީ 2022 | ހޮނިހިރު 23:01
ބްރިޖިންގ ދަ ކޮމިއުނިޓީސް މޯލްޑިވްސް ޖަމްއިއްޔާ އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ބްރިޖިންގ ދަ ކޮމިއުނިޓީސް މޯލްޑިވްސް ޖަމްއިއްޔާ އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރާއްޖެއެމްވީ
ބްރިޖިންގ ދަ ކޮމިއުނިޓީސް މޯލްޑިވްސް
ބްރިޖިންގ ދަ ކޮމިއުނިޓީސް މޯލްޑިވްސް ޖަމްއިއްޔާ އިފްތިތާހުކޮށްފި
ބީސީއެމް އިފުތިހާހުކުރެވުނީ 100ށްވުރެ ގިނަ އަންހެނުންގެ މެންބަރޝިޕަކާއެކު

ބްރިޖިންގ ދަ ކޮމިއުނިޓީސް މޯލްޑިވްސް ޖަމްއިއްޔާ އިފްތިތާހުކޮށްފިއެވެ.

ބްރިޖިންގ ދަ ކޮމިއުނިޓީސް މޯލްޑިވްސް (ބީސީއެމް)ގެ ނަމުގައި ރަޖިސްޓްރީ ކުރެވުނު ޖަމުއިއްޔާ އިފްތިތާހުކޮށްދެއްވީ ޕާކިސްތާނުގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް (ރިޓަޔާޑް) އަތަރް މުޚްތާރެވެ.

ބީސީއެމްގެ އަމާޒަކީ އަންހެނުން ބާރުވެރިކުރުވުމާއި، ޒުވާނުން ބާރުވެރިކުރުވުމާއި، އިޖުތިމާއީ މަސައްކަތްތައް ކުރިއެރުވުމާއި، ތިމާވެށީގެ މައްސަލަތަކަށް ހޭލުންތެރިކުރުވުމާއި، ޓެރަރިޒަމާއި ހަރުކަށި އަމަލުތަކާމެދު މުޖުތަމައު ހޭލުންތެރިކުރުވުމުގެ އިތުރުން، ހެލްތު އެޑިއުކޭޝަން ކުރިއެރުވުމެވެ. އެ ގޮތުން ޖަމްއިއްޔާގެ އެގްޒެކިއުޓިވް ބޯޑަށް އިންތިޚާބުވެފައިވަނީ މި ދާއިރާތަކުން ތަމްރީނާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކެވެ.

މި ރަސްމިއްޔާތުގައި ގިނަ އަދަދެއްގެ އަންހެނުން ބައިވެރިވެފައިވާއިރު، ޖަމްއިއްޔާގެ އެގްޒެކިއުޓިވް ބޯޑުގެ 8 މަގާމަކަށް މެންބަރުން އިންތިޚާބުކޮށްފައިވެއެވެ.

މީގެ އިތުރުން ޖަމްއިއްޔާގެ މެންބަރުންނަށް ޚާއްޞަކުރެވިގެން، ތަފާތު އެކި ވިޔަފާރިތަކުން ޑިސްކައުންޓް ލިބޭ "އެލީޓް ކާޑެއް" މި ރަސްމިއްޔާތުގައި ލޯންޗުކޮށްފައިވެއެވެ. މި ކާޑު ލޯންޗްކޮށްދެއްވީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ރައީސް މަރިޔަމް ވަހީދާއެވެ.

ބީސީއެމް އިފުތިހާހުކުރެވުނީ 100ށް ވުރެ ގިނަ އަންހެނުންގެ މެންބަރޝިޕަކާއެކުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
ކޮމެންޓް