Advertisement
ކ. މާލެ
|
31 މެއި 2017 | ބުދަ 21:44
ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތަކުގައި ލަންކަގެ ބައިމިލިއަން މީހުން ވަނީ ހާލުގައި ޖެހިފަ
ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތަކުގައި ލަންކަގެ ބައިމިލިއަން މީހުން ވަނީ ހާލުގައި ޖެހިފަ
ބީބީސީ
ލަންކާ- ރާއްޖެ
ރާއްޖެއިން ލަންކާއަށްދޭ ފައިސާގެ އެހީ އެގައުމުގެ ސަރުކާރާއި ހަވާލުކޮށްފި
ރައީސްގެ ޚާއްސަ ބަންދޫބެއްގެ ގޮތުގައި ލަންކާއަށް ވަޑައިގެންނެވީ ފޮރިން މިނސްޓަރ އާސިމް
ލަންކާގެ ސަރުކާރަށް ފައިސާގެ އެހީ ހަވާލުކޮށްފައިވަނީ ބުދަ ދުވަހު މެންދުރު ފަހު
ފައިސާގެ އެހީއާއި ހަވާލުވެވަޑައިގަތީ ލަންކާގެ ފޮރިން މިނިސްޓަރު ރަވީ ކަރުނާ

ވާރޭ ވެހި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާ ތަކުގައި އަވަށްޓެރި ސްރީލަންކާގައި އެތަށް ބަޔަކު މަރުވެ ބައި މިލިއަނެއްހާ މީހުން ހާލުގައި ޖެހިފައިވާތީ، ރާއްޖެއިން ލަންކާއަށް ފައިސާގެ އެހީ ފޯރުކޮަށްދީފިއެވެ.

 

ރައީސް އޮފީހުން ބުދަ ދުވަހު ބުނީ، ރައީސްގެ ޚާއްސަ ބަންދޫބެއްގެ ގޮތުގައި ލަންކާއަށް ވަޑައިގެންނެވި، ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ލަންކާގެ ސަރުކާރަށް ފައިސާގެ އެހީ ހަވާލުކޮށްފައިވާކަމަށެވެ.

 

ރާއްޖެއިން ލަންކާއަށް ދިން ފައިސާގެ އެހީއާއި ހަވާލުވެވަޑައިގަތީ ލަންކާގެ ފޮރިން މިނިސްޓަރު ރަވީ ކަރުނާ ނައިކޭ އެވެ. ފައިސާގެ އެހީ ހަވާލުކުރުމަށްފަހު، ފެންބޮޑުވެ ގެެއްލުން ލިބުނު އާއިލާތަކަށާއި، ގެދޮރުގެއްލިފައިވާ އާއިލާތަކަށް ހަމްދަރުދީ ފޮނުއްވާ،  އެކަމުގައި ހިތާމައިގައި އެގައުމުގެ ރައީސާއި ބޮޑުވަޒީރަށް، ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ހަމްދަރުދީ ފޮނުއްވާކަމަށް ވަނީ ވިދާޅުވެފައެވެ.

 

ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނައަށާއި، އެގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަށް ރައީސް ޔާމީން ފޮނުއްވި މެސެޖުގައި، ގައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ސްރީލަންކާގެ ރައީސަށާއި، ސަރުކާރަށާއި ސްރީލަންކާގެ އެކުވެރި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވާ ކަމަށް ވިދާޅުވިއެވެ.

 

ފެންބޮޑުވުމާ ބިންގަނޑު ކަނޑައިގެންދިއުމުގެ ހާދިސާތަކުގައި މިހާތަނަށް 180 އަށްވުރެ ގިނަ މީހުން މަރުވެ 112 މީހަކު  ވީނުވީއެއް ނޭނގި ގެއްލިފައިވާއިރު، އެގައުމުގެ ބައިމިލިއަން މީހުންވަނީ، ހާލުގައިޖެހިފައެވެ. އެގައުމަށް ދިމާވި މި ކާރިސާއާއި ގުޅިގެން ލަންކާއިން ވަނީ  ބައިނަލްއަގުވާމީ އެހީތެރިކަަމަށް އެދިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް