ކ. މާލެ
|
5 ޖެނުއަރީ 2022 | ބުދަ 18:36
ޕޮލޭންޑްގެ ރައީސް އަންދްޒެއި ދޫދަ
ޕޮލޭންޑްގެ ރައީސް އަންދްޒެއި ދޫދަ
އޭއެފްޕީ
ޕޮލޭންޑްގެ ރައީސް
ޕޮލޭންޑްގެ ރައީސް އަންދްޒެއި ދޫދަ ކޮވިޑަށް ޕޮޒިޓިވްވެއްޖެ
މިވަގުތު ރައީސް އަންދްޒެއި ހުންނެވީ އެކަހެރިވެވަޑައިގެން

ޕޮލޭންޑްގެ ރައީސް އަންދްޒެއި ދޫދަ ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ބުދަ ދުވަހު ޕޮލޭންޑްގެ ރައީސްގެ ޗީފް އޮފް ސްޓާފް ވިދާޅުވީ މިވަގުތު ރައީސް އަންދްޒެއި އެކަހެރިވެވަޑައިގެން ހުންނެވި ކަމަށެވެ. އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށާއި ހާލަތު އިތުރަށް ގޯސް ނުވާ ކަމަށެވެ. އަދި އެމަނިކުފާނުގެ ހާލުކޮޅު ގާތުން ބައްލަވަމުންދާ ކަމަށެވެ.

މީގެއިތުރުން މިދިޔަ އަހަރުގެ އޭޕްރިލް، ޖޫން އަދި ޑިސެމްބަރުގައި ރައީސް އަންދްޒެއި ކޮވިޑް ވެކްސިންގެ ތިން ޑޯޒް ވެސް ޖެއްސެވި ކަމަށް ޗީފް އޮފް ސްޓާފް ވިދާޅުވިއެވެ.

ޕޮލޭންޑްގެ ހެލްތު މިނިސްޓްރީން ވަނީ ބުދަ ދުވަހު 17،196 ކޭސް އިތުރުވެފައިވާ ކަމަށް ރިޕޯޓްކޮށްފައެވެ. އަދި 632 މީހުން މަރުވެފައިވާ ކަމަށް ވެސް ރިޕޯޓްކޮށްފައިވެއެވެ.

ޔޫރަޕްގެ ގައުމުތަކަށް ބަލާއިރު ޕޮލޭންޑަކީ ވެކްސިން ޖެހި މީހުންގެ ނިސްބަތް އެންމެ ދަށް ގައުމެވެ. އެގޮތުން ބޮޑެތި މީހުންގެ ތެރެއިން 63 އިންސައްތަ މީހުން ވަނީ ވެކްސިން ޖަހާފައެވެ.

އެ ގައުމުގެ ހެލްތު މިނިސްޓްރީން ބުނީ ޖެނުއަރީގެ ފަހު ކޮޅު ކޮވިޑްގެ ކޭސްތައް އިތުރުވެގެންދާނެ ކަމަށް ބެލެވިފައިވާ ކަމަށާއި "އޮމިކްރޯން" އެޓޭކަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

- ކޮމެންޓް