ކ. މާލެ
|
6 ޑިސެންބަރ 2021 | ހޯމަ 16:22
މެޑީފްލެކްސްއަކީ ޖީނޯމިކް ސީކުއެންސިންގ ރާއްޖޭގައި ހެދޭ ފުރަތަމަ ލެބޯޓްރީ
މެޑީފްލެކްސްއަކީ ޖީނޯމިކް ސީކުއެންސިންގ ރާއްޖޭގައި ހެދޭ ފުރަތަމަ ލެބޯޓްރީ
މެޑްޓެކް މޯލްޑިވްސް
ޖީނޯމިކް ސީކުއެންސިންގ
ޖީނޯމިކް ސީކުއެންސިންގ ހެދުމަށް ރާއްޖެއިން ތައްޔާރުވެއްޖެ
އެ ޓެސްޓްގެ ނަތީޖާ 48 ގަޑި އިރުގެ ތެރޭގައި ލިބޭނެ
ހުއްދަ ލިބުމާއެކު އެ ޓެސްޓް ހެދުމަށް މެޑިފްލެކްސްއިން އޮތީ ތައްޔާރަށް
ކޮވިޑް ނޫން އެހެން ބަލިތަަކަށްވެސް މުހިއްމު ކަމެއް

ޖީނޯމިކް ސީކުއެންސިންގ ރާއްޖޭގައި ހެދުމަށް މެޑިފްލެކްސްއިން ތައްޔާރުވެއްޖެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން މެޑި ފްލެކްސްއިން ބުނީ، އެކަމަށް ބޭނުންވާ ހުރިހާ މެޝިނަރީޒް ގެނެސް ލެބޯޓްރީ ތައްޔާރުކޮށްފައިވާ ކަމަށެވެ. އެކަމަށް ބޭނުންވާ ހުއްދަ ހޯދުމަށް އެދި މި މަހުގެ 4 ވަނަ ދުވަހު ހެލްތު މިނިސްޓްރީގައި ދަންނަވާފައިވާނެ ކަމަށާއި، މިހާރުވެސް ޓްރަޔަލްތަކެއް ހަދަމުން އަންނަ ކަމަށެވެ.

ކޮވިޑް19ގެ އައު ވޭރިއަންޓް "އޮމިކްރޯން" ރާއްޖެއިން ފެނިފައިވާއިރު، ރާއްޖޭގައި ޖީނޯމިކް ސީކުއެންސް ހެދިގެން ދިޔުމަކީ ވޭރިއަންޓްގެ ނުރައްކާ އޮތް މިންވަރު ދެނެގަތުން އަވަސްވެ، ފިޔަވަޅުތައް އެޅުންވެސް އަވަސްވެގެންދާނެ ކަމެކެވެ. މެޑިފްލެކްސްއިން ބުނީ، އެ ޓެސްޓްގެ ނަތީޖާ 48 ގަޑިއިރުގެ ތެރޭގައި ލިބޭނެ ކަމަށާއި، އެކަމަށް ބޭނުންވާ މީހުންވެސް މިހާރު ތަމްރީނުކޮށްފައިވާ ކަމަށެވެ. މެޝިނަރީޒް ގެެނެސް މީހުން ތަމްރީނު ކުރުމުގެ މަސައްކަތް އޮގަސްޓް މަހު ފަށާފައިވާ ކަމަށް މެޑިފްލެކްސްއިން މައުލޫމާދެއެވެ.

Advertisement

ރާއްޖެއިން ޖީނޯމިކް ސިކުއެންސިން ހަދަމުން އަންނަނީ، އިންޑިއާއަށް ސާމްޕަލްތައް ފޮނުވައިގެންނެވެ. އެކަމަށް ވަގުތުތަކެއް ނަގާކަން އެޗްއީއޯސީންވެސް ވަނީ ބުނެފައެވެ.

މެޑިފްލެކްސް ލެބޯޓްރީއަކީ ރާއްޖޭގައި ޖީނޯމިކް ސީކުއެންސިންގ ހެދޭ ފުރަތަމަ ތަނެވެ. އެހެންކަމުން ހުއްދަ ލިބުމާއެކު އެ ޓެސްޓް ހެދުމަށް މެޑިފްލެކްސްއިން އޮތީ ތައްޔާރަށެވެ. މެޑިފްލެކްސްއިން ބުނީ ޖީނޯމިކް ސީކުއެންސިންގ ހެދޭ ފެންވަރަށް ލެބޯޓްރީ ތައްޔާރުކޮށް، އެކަމަށް ބޭނުންވާ ހުއްދަތައް ނަގައި، ރާއްޖެއިން ބޭރުގެ ކުންފުންޏެއް ކަމަށްވާ އިލުމިނާގެ އިސްވެރިން ރާއްޖެއައިސް ލެބޯޓްރީ ސެޓްފައި ކޮށްފައިވާ ކަމަށެވެ.

މެޑިފްލެކްއިން ބުނީ މިކަން ކުރުމުގެ މަގުސަދަކީ، ރާއްޖެއަށް މުހިއްމު ޚިދުމަތެއްކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ. މިކަމަކީ ކޮވިޑް ނޫން އެހެން ބަލިތަަކަށްވެސް މުހިއްމު ކަމެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް