Advertisement
ކ. މާލެ
|
28 މެއި 2017 | އާދީއްތަ 16:54
ކަރަންޓު ނެތުމުން ތ. ތިމަރަފުށީ ރައްޔިތުން މަގުމަތީގައި
ކަރަންޓު ނެތުމުން ތ. ތިމަރަފުށީ ރައްޔިތުން މަގުމަތީގައި
ޓްވިޓަރ
ތިމަރަފުށި
ތިމަރަފުއްޓަށް ކަރަންޓުގެ ޚިދުމަތް އަލުން ދީފި
ކަރަންޓް ކެނޑުނީ ހުކުރު ދުވަހު ހަވީރު
ޕެނަލް ބޯޑަށް ދިމާވި މައްސަލަވަނީ ހައްލުކޮށްފައި
ފެނަލް ބޯޑު ހެދީ ފެނަކައިގެ އިންޖިނުއަރަކު ގެނެސްގެން

ތ. އަތޮޅު އާބާދީ އެންމެ ބޮޑު ރަށް، ތިމަރަފުށީގައި މިދިޔަ ހުކުރު ދުވަހުން ފެށިގެން ކަރަންޓްގެ ހިދުމަތް މެދު ކެނޑިފައި އޮތުމަށްފަހު އާދިއްތަ ދުވަހުގެ ރޭ އަލުން ކަރަންޓްގެ ހިދުމަތް ދޭން ފަށައިފި އެވެ.

 

ތިމަރަފުށިން ކަރަންޓް ކެނޑުނީ ހުކުރު ދުވަހުގެ ހަވީރު 5:00 ހާއިރު އެވެ. ކަރަންޓްގެ ހިދުމަތް އަލުން ދޭން ފަށާފައިވަނީ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

 

ފެނަކައިގެ އޮފިޝަލަކު ވިދާޅުވީ ކަރަންޓްގެ ހިދުމަތް މެދު ކެނޑުނީ ޕެނަލް ބޯޑަށް ދިމާވި މައްސަލައަކުން ކަމަށާއި ޚިދުމަތް ދިނުން ލަސްވެގެންދިޔައީ އިންޖީނު ގޭގައި އެ މަސައްކަތް ދަންނަ މީހަކަށް ހުރި މީހާ ގޭގައި މަޑުކުރަން އަންގާފައި ހުރުމުން ކަމަށެވެ. 

 

އޭނާ ގޭގައި މަޑުކުރަން އެނގީ ކައުންސިލް އިންތިހާބުގެ ވޯޓާ ގުޅިގެން ކަމަށްވެ އެވެ.

 

ތިމަރަފުށީގައި ކަރަންޓް ނެތުމުގެ ސަބަބުން، އާންމު ދިރިއުޅުމަށާއި ވިޔަފާރިތަކަށް ވެސް ބޮޑެތި ދަތިތަކާ ވަނީ ކުރިމަތިވެފަ އެވެ .

 

ކަރަންޓް ކެނޑިފައިވަނިކޮށް އެރަށު ގެއެއްގެ ބަދިގޭގައި ހޮނިހިރު ދުވަހުގެ ރޭ ރޯވެ، އަނދާފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވި ނަމަވެސް ތިމަރަފުށީ، ސައިމާގޭ ބަދިގޭގައި ރޯވީ، ދިއްލާފައި ހުރި އުއްބައްތިއަކުންނެވެ.

 

ބަދިގޭގައި ހިފައި ގެންގުޅޭ ހުރިހާ ސާމާނެއް ކަހަލަ ގޮތަކަށް މި އަލިފާނުގައި ރޯވެ، ބަދިގެ އިތުރަށް ބޭނުން ނުކުރޭ ވަރަށް އަނދާފައިވާ ކަމަށް ކައުންސިލް މެމްބަރު ވިދާޅުވި އެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް