ކ. މާލެ
|
13 ނޮވެންބަރ 2021 | ހޮނިހިރު 17:53
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ށ.މިލަންދޫ ފެނަކަ ބްރާންޗް
ށ. މިލަންދޫގެ ނަރުދަމާއާއި ފެނުގެ ޚިދުމަތް
ށ. މިލަންދޫގައި ނަރުދަމާއާއި ފެނުގެ ޚިދުމަތް ނުދެވިހުރި ތަންތަނަށް، ކަނެކްޝަން އެޅުމުގެ މަސައްކަތް ހަވާލުކޮށްފި
330 ގެއަކަށް، 1976 މީޓަރުގެ ނަރުދަމާ އެޅުން
290 ގެއަކަށް، 2176 މީޓަރުގެ ފެން ގުޅުން
15 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކުރެވޭ

ށ. މިލަންދޫގައި ނަރުދަމާއާއި ފެނުގެ ޚިދުމަތް މިހާރު ނުދެވިހުރި ހުރިހާ ތަނަކަށް، ހައުސް ކަނެކްޝަން އެޅުމުގެ މަސައްކަތުގެ ކޮންޓްރެކްޓްގައި ސޮއިކޮށް މަސައްކަތް ހަވާލުކޮށްފިއެވެ.

Advertisement

މިއީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާންސްޓްރަކްޗަރއިން، ފެނަކައާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަސައްކަތެކެވެ. ފެނަކައިން ބުނާގޮތުން މި މަސައްކަތުގެ ދަށުން 330 ގެއަކަށް 1976 މީޓަރުގެ ނަރުދަމާ އެޅުމާއި، 290 ގެއަކަށް 2176 މީޓަރުގެ ފެން ގުޅުމަށްވަނީ ހަމަޖެހިފައެވެ.

ކުރިއަށް އޮތް 2022 ވަނަ އަހަރަށްވެސް މިލަންދޫގައި 1 މެގަވޮލްޓުގެ އިއާދަ ކުރަނިވި ހަކަތަ އުފެއްދޭ ވަރަށް، ސޯލަރ ޕެނަލް މެދުވެރިކޮށް އަވިން ހަކަތަ ނެގުމުގެ ބޮޑު ޕްރޮޖެކްޓްއެއް ހިންގުމަށް ވަނީ ބަޖެޓްގައި ހިމަނާފައިއެވެ.

ފެނާއި ނަރުދަމާ ކަނެކްޝަން ގުޅުމުގެ މިމަޝްރޫއަށް 15 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާ ކުރެވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް