ކ. މާލެ
|
7 ނޮވެންބަރ 2021 | އާދީއްތަ 16:01
ނޭޝަނަލް ކޮލެޖް އިން ޕޮލިސިންގ އެންޑް ލޯ އެންފޯރސްމެންޓް
ނޭޝަނަލް ކޮލެޖް އިން ޕޮލިސިންގ އެންޑް ލޯ އެންފޯރސްމެންޓް
އައްޑޫ ސިޓީ ކައުންސިލް
ފުލުހުންގެ ޓްރެއިނިންގ ސެންޓަރު
ފުލުހުންގެ ޓްރެއިނިންގ ސެންޓަރު އަންނަ އަހަރުގެ މާޗް މަހުގެ 29ގައި ހުޅުވަނީ
އެތަނުގެ މަސައްކަތް ފަށާފައިވަނީ 2017 ވަނަ އަހަރު
މި އެކެޑެމީއަކީ އިންޑިއާ ސަރުކާރުގެ އެހީގައި ހަދަމުން އަންނަ ތަނެއް

އައްޑޫ ސިޓީގައި ގާއިމްކުރާ ފުލުހުންގެ ޓްރެއިނިންގ ސެންޓަރު އަންނަ އަހަރުގެ މާޗް މަހުގެ 29 ގައި ހުޅުވުމަށް ތައްޔާރުވަމުން އަންނަ ކަމަށް ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ރަށްރަށުގައި އަލަށް ގާއިމްކުރާ ފުލުހުންގެ ޚިދުމަތްތައް ހުޅުވުމަށް އިތުރުގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މީޑިއާއާ ވާހަކަދައްކަވަމުން ސީޕީ ވިދާޅުވީ، އަންނަ އަހަރުގެ ފުލުހުންގެ އަހަރީ ދުވަހަށް އައްޑޫ ސިޓީގައި ގާއިމްކުރާ ފުލުހުންގެ ޓްރެއިނިން ސެންޓަރ ނިންމުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. މިހާރު ހިންގާ ޕޮލިސް ތަމްރީނު ޕްރޮގްރާމް ނިމުމަށްފަހު ދެން ފުލުހުން ހިންގާ ތަމްރީނު ޕްރޮގްރާމްތައް ހިންގާނީ ނޭޝަނަލް ކޮލެޖް އިން ޕޮލިސިންގ އެންޑް ލޯ އެންފޯރސްމެންޓްގައި ކަމަށް ސީޕީ ވިދާޅުވިއެވެ.

Advertisement

މި އެކެޑެމީއަކީ އިންޑިއާ ސަރުކާރުގެ އެހީގައި ހަދަމުން އަންނަ ތަނެކެވެ. މި އެކެޑެމީގެ މަސައްކަތް ކުރަމުން އަންނަނީ އިންޑިއާގެ ސްރީ އަވަންތިކާ ކޮންޓްރެކްޓާސް ލިމިޓެޑުންނެވެ. އެ ކުންފުނިން އެތަނުގެ މަސައްކަތް ފަށާފައިވަނީ 2017 ވަނަ އަހަރުއެވެ.

މި އެކެޑެމީގައި ހުންނާނެ ވަސީލްތަކުގެ ތެރޭގައި ފެންވަރު ރަނގަޅު އެކޮމެޑޭޝަން ބްލޮކުތަކާއި، ސިއްހީ ޚިދުމަތް ދޭނެ ކްލިނިކާއި، ޕީޓީ ގްރައުންޑާއި، ހެލިޕޭޑާއި، ޓްރެއިނިންގ ސެންޓަރާއި، 800 މީހުންގެ ޖާގައިގެ ޖިމަކާއި، ފުޓްބޯޅަ ދަނޑަކާއި، ބާސްކެޓްބޯޅަ ކޯޓަކާއި، ޓެނިސް ކޯޓާއި، 400 މީޓަރުގެ ޓްރެކަކާއި، 340 މީހުންގެ އޮޑިޓޯރިއަމުގެ އިތުރުން 40 މީހުންގެ ޖާގަ ހިމެނޭ ގޮތަށް 320 މީހުންނަށް ކިޔަވައިދެވޭ ގޮތަށް 8 ކްލާސް ރޫމާއި ވަސީލަތްތައް ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް