Advertisement
ކ. މާލެ
|
25 މެއި 2017 | ބުރާސްފަތި 12:50
މިނިސްޓަރ ޒެނީޝާ ރަންމުތް ފޮތް ނެރެދެއްވަނީ
މިނިސްޓަރ ޒެނީޝާ ރަންމުތް ފޮތް ނެރެދެއްވަނީ
ރާއްޖެއެމްވީ
ރަންމުތް ފޮތް
"ރަންމުތް" ފޮތް ނެރެފި
މިފޮތުގެ މަސައްކަތް ނިންމާލާފައިވަނީ 2 އަހަރު ދުވަހުން

އަންހެން ކަނބަލުންގެ ތެރެއިން ވަރުގަދަ ޝަހުސިއްޔަތްތަކުގެ ގޮތުގައި ފާހަގަކޮށްލެވޭ އަންހެން ކަނބަލުންގެ ޚިދުމަތުގެ އަގު ވަޒަން ކުރުމަށް "ރަންމުތް" ފޮތް ނެރެފިއެވެ.

 

ސްޓެލްކޯގެ އޮޑިޓީރިއަމްގައި ބުދަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި މިފޮތް ނެރެއްދެއްވާފައިވަނީ މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އައިމިނަތު ޒެނީޝާ ޝާހިދު ޒަކީ އެވެ.

 

ދައުލަތް އިއްޒަތް ދެއްވާފައިވާ ވެރިންނާއި ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި މިހަފްލާފައި ފޮތް ނެރެދެއްވުމަށްފަހު ވާހަކަދައްކަވަމުން ޒެނީޝާ ވިދާޅުވީ އަންހެނުންގެ މަސައްކަތްތައް ފާހަގަކުރުމަށްޓަކައި ހާޢްސަ ފޮތެއް ނެރެދެއްވުމަށްޓަކައި މަރުހަބާ ދަންނަވާ ކަމަށެވެ. މިފޮތުގެ އަލީގައި އަންހެނުން މަދު ދާއިރާތަކުގައި އަންހެން ކުދިން މަސައްކަތް ކުރުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް ޒެނީޝާ ވިދާޅުވި އެވެ.          

 

ހޯޕް ފޯ ވިމެންއިން އިސްނަގައިގެން މި ނެރުނު "ރަންމުތް" ފޮތަކީ އަންހެނުންނަށް އެންމެ އެކަށީގެންވާ ކަމަށް ގިނަ ބަޔަކު ޤަބޫލުކުރާ ޓީޗަރުންނާއި، ނަރުހުންނާއި، ޑޮކްޓަރުން، މިނޫން ރޮނގު ރޮނގުން މަޤާމްތަކަށް ފުރުއްވަމުންދާ ބޭފުޅުން ހިމެނެ އެވެ. މިފޮތުގެ މަސައްކަތް ފަށާފައިވަނީ 2015 ވަނަ އަހަރު ކަމަށާއި ދެ އަހަރު ދުވަހުން މިމަސައްކަތް ނިންމާލި އިރު މިފަދަ ފޮތެއް އެކުލަވާލުމުގެ ބޭނުމަކީ އަންހެނުންނަކީ ކޮންމެ ރޮނގަކުންވެސް ކުރިއަށް ދެވިދާނެ ބައެއް ކަން ޒުވާން ޖީލަށް އަންގައި ދިނުން ކަމަށް ހޯޕް ފޯ ވިމެންއިން ބުންޏެވެ.

 

މިފޮތުގައި 26 އަންހެން ކަނބަލުންގެ މަސައްކަތުގެ އަގު ވަޒަންކޮާްފައިވެއެވެ، އެގޮތުން މި ހުރިހާ އަންހެން ކަނބަލުންނަކީ އެކި ދާއިރާތަކުން އެންމެ ފުރަތަމަ ރާއްޖޭގައި އެދާއިރާއެއްގައި މަސައްކަތް ފައްޓަވާފައިވާ ކަނބަލުންނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް