Advertisement
ކ. މާލެ
|
11 އޮކްޓޯބަރ 2021 | ހޯމަ 15:40
ރައީސްގެ އަރިހަށް ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގެ ތެރެއިން
ރައީސްގެ އަރިހަށް ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގެ ތެރެއިން
ރައީސް އޮފީސް
ރައީސްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް
ރައީސްގެ އަރިހަށް ޔޫ.އެން.ޑަބްލިއު.ޓީ.އޯގެ ސެކްރެޓަރީ ޖެނެރަލް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
ޓޫރިޒަމް ތަރައްގީ ކުރުމުގައި ރާއްޖެއިން ކޮށްފައިވާ މަސައްކަތްތަކަށް ތައުރީފު ކުރެއްވި
ކޮވިޑް19ގެ ބަލިމަޑުކަމުގެ ތެރޭގައިވެސް ދުނިޔެއަށް ޓޫރިޒަމަށް ހުޅުވާލި އަވަސްމިން ފާހަގަކުރެއްވި
ޓޫރިޒަމް ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލެއްވި
f

ވޯލްޑް ޓޫރިޒަމް އޯގަނައިޒޭޝަން (ޔޫ.އެން.ޑަބްލިއު.ޓީ.އޯ) ގެ ސެކްރެޓަރީ ޖެނެރަލް ޒުރަބް ޕޮލޮލިކަޝްވިލީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ، ހޯމަ ދުވަހުގެ މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަަލުކުރެއްވުމުގައި، ޔޫ.އެން.ޑަބްލިއު.ޓީ.އޯގެ ސެކްރެޓަރީ ޖެނެރަލް ޒުރަބް ޕޮލޮލިކަޝްވިލީ ވަނީ ޓޫރިޒަމް ތަރައްގީ ކުރުމުގައި ރާއްޖެއިން ކޮށްފައިވާ މަސައްކަތްތަކަށް ތައުރީފު ކުރައްވާފައެވެ. އެގޮތުން ކޮވިޑް19ގެ ބަލިމަޑުކަމުގެ ތެރޭގައިވެސް ދުނިޔެއަށް ޓޫރިޒަމަށް ހުޅުވާލި އަވަސްމިނާއި އެކަމުގައި ރާއްޖެއިން ގެންގުޅެފައިވާ ސިޔާސަތަށް ތައުރީފު ކުރައްވައި ވާހަކަފުޅު ދައްކަވާފައިވެއެވެ.

Advertisement

ޔޫ.އެން.ޑަބްލިއު.ޓީ.އޯގެ ފަރާތުން ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއެރުވުމަށް ދެއްވާ ސަމާލުކަން ހާމަކުރައްވަމުން، ރާއްޖެއަކީ ކުޑަ ގައުމެއް ކަމުގައިވިޔަސް، ރާއްޖެއަކީ ދެމެހެއްޓެނިވި ފަތުރުވެރިކަމެއް ތަރައްގީ ކުރުމަށް ވަރަށް އެކަށޭނަ މަންޒިލެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.

ޕޮލޮލިކަޝްވިލީގެ ވާހަކަފުޅުގައި، ޓޫރިޒަމް ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވަނީ ޔޫ.އެން.ޑަބްލިއު.ޓީ.އޯގެ ފަރާތުން ރާއްޖޭގެ ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ކުރުމަށް ވެދެވެންހުރި އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވިއެވެ. މި ޒިޔާރަތުގައި، ދެ ބޭފުޅުން ވަނީ ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތަކަށް ބައްޓަންކުރުމަށް މުސްތަގުބަލުގައި ކުރެވެންހުރި ކަންކަމުގައި ގުޅިގެން މަސައްކަތް ކުރެއްވުމަށް އެއްބަސްވެވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ޓޫރިޒަމް ޑރ ޢަބްދުﷲ މައުސޫމް އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީ ފޮރިން ރިލޭޝަންސް އިބްރާހީމް ހޫދު ބައިވެރިވެ ވަޑައިގެންފައިވެއެވެ.

- ކޮމެންޓް