Advertisement
ކ. މާލެ
|
10 އޮކްޓޯބަރ 2021 | އާދީއްތަ 23:31
ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ކޮވިޑް ވެކްސިން ދިނުން
ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ކޮވިޑް ވެކްސިން ދިނުން
ރާއްޖެއެމްވީ
ކޮވިޑް ވެކްސިން
ވެކްސިން ފުރިހަމަކުރި މީހުންގެ އަދަދު 345،996ށް
ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 393،059ށް އަރާފަ
ހޮނިިހިރު ދުވަހު ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހީ 793 މީހުން

ރާއްޖޭގައި ކޮވިޑް-19 ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި މީހުންގެ އަދަދު 345،996 މީހުންނަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން އެންމެ ފަހުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ހޮނިިހިރު ދުވަހު ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހީ 793 މީހުންނެވެ. އެއީ އަތޮޅުތަކުން ވެކްސިން ޖެހި 316 މީހުންނާއި، މާލެ ސަރަހައްދުން ދެވަނަ ޑޯޒް ޖަހާފައިވާ 477 މީހުންނެވެ.

Advertisement

ހޮނިހިރު ދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 93 މީހުންނެވެ. އެއީ އަތޮޅުތަކުން 17 މީހަކާ މާލެ ސަރަހައްދުން 76 މީހެކެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 393،059ށް އަރާފައެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމުގެ ގޮތުން, ޚާއްސަ އިސްކަމެއް ދީގެން ވެކްސިނޭޝަން ޕްރޮގްރާމް ކުރިއަށް ގެންދެއެވެ. މާލޭގެ އިތުރުން އަތޮޅުތެރޭގައި ވެކްސިން ދެމުންދާއިރު، ވެކްސިނަށް ގިނަ ބަޔަކު ހޭލުންތެރިވެފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ވިދާޅުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް