ކ. މާލެ
|
9 އޮކްޓޯބަރ 2021 | ހޮނިހިރު 08:31
ބްރެޒިލްގައި ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ ހަނދާނުގައި ހަދާފައިވާ ތަނެއް
ބްރެޒިލްގައި ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ ހަނދާނުގައި ހަދާފައިވާ ތަނެއް
ރޮއިޓަރސް
ކޮވިޑް-19 ބްރެޒިލްގެ ހާލަތު
ކޮވިޑް ޖެހިގެން ބްރެޒިލްގައި މަރުވި މީހުންގެ އަދަދު ހަލައްކައަށް
ވެކްސިން ދިނުމުގެ ކަންކަން ކުރިޔަށްދިޔަލެއް ލަސްވީނަމަވެސް ފަހުން ވަނީ ޕްރޮގްރާމް ހަލުވިވެފައި
ބްރެޒިލްގެ 70 އިންސައްތައަށްވުރެ ގިނަ މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައި

ކޮވިޑް-19 ޖެހިގެން ބްރެޒިލްއިން މަރުވި މީހުންގެ އަދަދު ހަ ލައްކައަށް އަރައިފިއެވެ.

ބްރެޒިލްއަކީ އެމެރިކާ ނެގުމަށްފަހު ކޮވިޑް ބަލީގައި އެންމެ ގިނަ އަދަދެއްގެ މީހުން މަރުވަމުން އަންނަ ގައުމެވެ. ބްރެޒިލްގައި ކޮވިޑްގެ ހާލަތު ގޯސްވެފައިވާއިރު ސަރުކާރުން ގެންގުޅެމުންދާ ސިޔާސަތުގެ ސަބަބުންވެސް ކޮވިޑް ކޮންޓްރޯލްކުރުމަށް އެގައުމަށް ވަނީ ދަތިތަކާއި ކުރިމަތިވެފައެވެ.

ވެކްސިން ދިނުމުގެ ޕްރޮގްރާމް ފެށިލެއް ލަސްވުމާއި ވެކްސިން ދިނުމުގެ ކަންކަން ކުރިޔަށްދިޔަލެއް ފެށުން ލަސްވެފައިވީނަމަވެސް ފަހުން ވަނީ ޕްރޮގްރާމް ހަލުވިވެފައެވެ. މިހާތަނަށް އައިއިރު ބްރެޒިލްގެ 70 އިންސައްތައަށްވުރެ ގިނަ މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ.

ބްރެޒިލްގެ ސައު ޕައުލޯ ޔުނިވަރސިޓީގެ އެޕިޑޮމޮލިޖީ ހެޑް އެލެކްސެންޑާ ނެއިމް ވިދާޅުވީ ބްރެޒިލްގައި ވެކްސިން ޖެހުމާ ދެކޮޅު ހަދަނީ ވަރަށް މަދު ބަޔެއްކަމަށެވެ. އެހެންކަމުން ކޮވިޑުން އަރައިގަތުމަށް ބްރެޒިލްއަށް ދުނިޔޭގެ އެހެން ގައުމުތަކާއި އަޅާބަލާއިރު ފަސޭހަވާނެކަމަށް އެލެކްސެންޑާ ގަބޫލުކުރައްވައެވެ.

ދުނިޔޭގެ އެންމެ ގިނަ އަދަދެއްގެ މީހުން ކޮވިޑް ޖެހިގެން މަރުވަމުން އަންނަ އެމެރިކާއަށް ބަލާއިރު އެގައުމުގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ އާބާދީގެ 65 އިންސައްތަ މީހުންނެވެ.

ބްރެޒިލްގައި ނުރައްކާތެރި ޑެލްޓާ ވޭރިއަންޓް ފެތުރެމުންދިޔަނަމަވެސް މިހާރު ވަނީ ހާލަތު ކުރިޔަށްވުރެ ރަނގަޅުވެފައެވެ. އޭޕްރީލް މަހު ޕީކުގައި ހުރިއިރު އެގައުމުގައި ދުވާލެއްގެ މައްޗަށް 3000 މީހުން މަރުވެފައިވެއެވެ. ނަމަވެސް މިހާރު އެއަދަދު ހުރީ 80 އިންސައްތައަށްވުރެ ދަށުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް