ކ. މާލެ
|
23 މެއި 2017 | އަންގާރަ 03:35
 ފައިނޭންސް ސްކީމެއް އެލިއާއިން ތައާރަފްކޮށްފި
ފައިނޭންސް ސްކީމެއް އެލިއާއިން ތައާރަފްކޮށްފި
ގޫގުލް
އެލިއާ
އިސްލާމީ ޝަރީޢާއާ އެއްގޮތް ގަނެވިއްކުމުގެ ފައިނޭންސް ސްކީމެއް އެލިއާއިން ތައާރަފްކޮށްފި
 
މި ސްކީމްގެ ދަށުން ޔަމަހާ ބްރޭންޑްގެ މުދާ އިންސްޓޯލްމަންޓަށް ނެގޭނެ

"އެލިޔާ ބައިއުއްތަގްސީތު" (އޭބީޓީ)، އެލިޔާ އިންވެސްޓްމެންޓްސް އިން ތައާރަފްކޮށްފި އެވެ.

 

މިއީ އިސްލާމީ ޝަރީއާ ހުއްދަކުރާ ގޮތަށް ބައްޓަންކޮށްފައިވާ ގަނެވިއްކުމުގެ ފައިނޭންސް ސްކީމްކެވެ.

 

ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ހަފުލާއެއްގައި މި ސްކީމް ތައާރަފުކޮށްފައިވާއިރު، މި ސްކީމުގެ ދަށުން އިންސްޓޯލްމަންޓަށް ނަގާ މުދަލަށް ފުރަތަމަ ޕޭމަންޓް ދައްކާ ހިސާބުން އެ މުދާ ގަންނަފަރާތަށް މިލްކުވާނެ އެވެ.

 

އޭބީޓީ ތައާރަފް ކުރުމަށް ފަހު އެލިޔާ ޝަރީއާ ކޮމިޓީގެ މުގައްރިރު ޑރ. އައިޝަތު މުނީޒާ ވިދާޅުވީ މިހާރު އާންމު ވެފައިވާ އިންސްޓޯލްމަންޓް ސިޔާސަތުތަކުން ރިބާ އަށް މަގުފަހިވާ ކަމަށާއި، އޭގެ އެއް މިސާލަކީ ގަވާއިދުން ފައިދާ ނުދެއްކޭ ނަމަ ވަކި ފީއެއް ދައްކަން ޖެހުން ކަމެވެ. އަދި އެއީ އިސްލާމީ ޝަރީއަތުގެ މިންގަނޑަށް ބަލާއިރު ނެގުން އެދެވިގެންވާ ޕޭމަންޓެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

 

މި ސްކީމްގެ ދަށުން ޔަމަހާ ބްރޭންޑްގެ މުދާ އިންސްޓޯލްމަންޓަށް ނެގޭނެ ކަމަށާއި އޭގެ ތެރޭގައި ސައިކަލާއި، އައުޓްބޯޓް އިންޖީނާއި، މޫދު ސައިކަލު، އަދި ގަލްފް ކްރާފްޓް ހިމެނެ އެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް