ކ. މާލެ
|
22 މެއި 2017 | ހޯމަ 23:07
ގެލެކްސީ އެސް 8 އާއި އެސް 8+
ގެލެކްސީ އެސް 8 އާއި އެސް 8+
ޓްވިޓަރ
އުރީދޫ
އުރީދޫއިން ސެމްސަންގް ގެލެކްސީ އެސް 8 އާއި އެސް 8+ ވިއްކަންފަށައިފި
 
36 ޖީބީގެ ހިލޭ ޑޭޓާ ލިބިގެންދާ ދެ ޕެކޭޖް ތަޢާރަފްކޮށްފައިވޭ

ސްމާޓް ފޯނަށް ލޯބިކުރައްވާ ބޭފުޅުންނަށް ޚާއްސަކޮށް، ސެމްސަންގް ގެލެކްސީ އެސް 8 އާއި ސެމްސަންގް ގެލެކްސީ އެސް 8+ ބައްލަވައިގަތުމަށް، ވަރަށް ހާއްސަ ޕެކޭޖްތަކެއް އުރީދޫ އިން ތައާރަފްކޮށްފިއެވެ.

 

ސެމްސަންގްގެ އެންމެފަހުގެ ސްމާޓްފޯނާއި އެކު، 36 ޖީބީގެ ހިލޭ ޑޭޓާ ލިބިގެންދާ ދެ ޕެކޭޖް ހިމެނޭ ކަމަށް އުރީދޫއިން ބުންޏެވެ.

 

އެގޮތުން ފުލް ޕޭމަންޓް ޕްލޭން މެދުވެރިކޮށް އުރީދޫގެ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް އެންމެ ރަނގަޅު އަގުގައި ފޯނުތައް ބައްލަވައިގަނެވޭއިރު، މި ޕެކޭޖްގެ ދަށުން، އެއް އަހަރުގެ މުއްދަތަށް، މަހަކު 3 ޖިބީ ޑޭޓާ ހިލޭ ލިބިގެންދާނެއެވެ. ސެމްސަންގް ގެލެކްސީ އެސް 8ގެ އަގަކީ 12,499.00 ރުފިޔާ އެވެ. އަދި  ސެމްސަންގް ގެލެކްސީ އެސް 8+ގެ އަގަކީ 13,499.00 ރުފިޔާ އެވެ.

 

މަހުންމަހަށް ފައިސާދައްކާ ޕްލޭންގައި މަހަކު އެންމެ 900 ރުފިޔާ ދައްކައިގެން، އުރީދޫ ކަސްޓަމަރުންނަށް އެންމެ ފަހުގެ ސެމްސަންގް ގެލެކްސީ ފޯންތައް ބައްލަވައިގަނެވޭނެ 12 މަހުގެ އިންސްޓޯލްމަންޓް ޕެކޭޖްތަކެއްވެސް އުރީދޫ އިން ވަނީ މިއަދު ފަށާފައެވެ.

 

މި ޕްލޭން ޚާއްސަކުރެވިފައިވާ، އެންމެ 2،000 ރުފިޔާގެ ޑައުންޕޭމަންޓް އަކާއި އެކު، ޕޯސްޓްޕެއިޑް 249، 299، 399، 499، 749، 899، 999، 1499 ނުވަތަ 1999 ޚިޔާރުކުރައްވާ ކަސްޓަމަރުންނަށެވެ.

 

މަހުފީ (ރ.)

ޑައުންޕޭމަންޓް (ރ.)

ހޭންޑްސެޓް

900.00

2,000.00

ސެމްސަންގް ގެލެކްސީ އެސް 8

1,000.00

2,000.00

ސެމްސަންގް ގެލެކްސީ އެސް 8+


 

ފުލް ޕޭމަންޓް ޕްލޭން އާއި އެއްފަދައިން، މި ޕްލޭން ޚިޔާރުކުރައްވާ ބޭފުޅުންނަށްވެސް، އެއް އަހަރުގެ މުއްދަތަށް، މަހަކު 3 ޖިބީ ޑޭޓާ އެއް ހިލޭ ލިބިގެންދާނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް