Advertisement
ކ. މާލެ
|
26 ސެޕްޓެންބަރ 2021 | އާދީއްތަ 00:04
އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމެއްގައި ރައީސް ޞާލިހާ ރައީސް ނަޝީދު
އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމެއްގައި ރައީސް ޞާލިހާ ރައީސް ނަޝީދު
މުންޝިދް
އެމްޑީޕީ
އެމްޑީޕީގެ ގަދަހިފުން: ޤައުމީމަޖިލިސް އިންތިޚާބު ބޮޑުތަފާތަކާއެކީ ރައީސް ޞާލިހު ފަޅިއަށް
ނަޝީދު ތާއީދުކުރެއްވީ ބަރުލަމާނީއަށް ތާއީދުކުރާ ކެނޑިޑޭޓުންނަށް
މިހާތަނަށް ރައީސް ޞާލިހުގެ ފަޅިޔަށް ހޮނިހިރު ދުވަހުގެ އިންތިޚާބުން 65 ގޮނޑި ޔަގީންވެއްޖެ
ޖުމްލަ ރައީސް ޞާލިހަށް ގައުމީމަޖިލީހުގެ 100 ވުރެ ގިނަ ގޮނޑި ކަށަވަރުވާނެ

އެމްޑީޕީގެ ގައުމީމަޖިލީހަށް ދާއިރާތަކުން މެމްބަރުން އިންތިޚާބުކުރުމަށް ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގައި ރައީސް ޞާލިހުގެ ފަޅިން މިހާތަނަށް 65 ގޮނޑި ކާމިޔާބުކޮށް މި އިންތިޚާބުގައި ރައީސް ނަޝީދަށް ބޮޑު ނާކާމިޔާބެއް ކުރިމަތިވެއްޖެކަމަށް ރާއްޖެއެމްވީއަށް މައުލޫމާތު ލިބިއްޖެއެވެ. ހޮނިހިރު ދުވަހުގެ އިންތިޚާބުގައި 97 ގޮނޑިއަކަށް މެމްބަރުން އިންތިޚާބުކުރަންޖެހެއެވެ.

Advertisement

ގައުމީމަޖިލީހަށް ދާއިރާތަކުން މެމްބަރުން އިންތިޚާބުކުރުމަށް ހޮނިހިރު ދުވަހު އޮތް އިންތިޚާބުގައި ސަރުކާރުގެ ބައެއް ވަޒީރުންނާ ބައެއް ކުންފުނިތަކުގެ ވެރިން ބައެއް ދާއިރާތަކުން ގައުމީމަޖިލީހަށް އިންތިޚާބުވެފައިވެއެވެ. ހޮނިހިރު ދުވަހުގެ އިންތިޚާބުގެ ނަތީޖާއިން މިހާތަނަށް ރައީސް ޞާލިހުގެ ފަޅިޔަށް 65 ގޮނޑި ކާމިޔާބު ވެއްޖެކަން ޔަގީންވެފައިވުމާއެކު ގައުމީމަޖީހުގައި ރައީސް ޞާލިހު ކޮންޓްރޯލް ކުރައްވާ ޖުމްލަ ގޮނޑީގެ އަދަދު 100 އިން މައްޗަށް އަރާނެއެވެ. އޭގެތެރޭގައި ހޮނިހިރުދުވަހުގެ އިންތިޚާބުން ގައުމީމަޖިލީހަށް އިންތިޚާބުވި ރައީސް ޞާލިހް ފަޅިޔަށް ނިސްބަތްވާ 65 މެމްބަރުންނާ އެމްޑީޕީއަށް ނިސްބަތްވާ ވަޒީރުންނާ ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުން ހިމެނޭނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް
26 ސެޕްޓެންބަރ 2021 | އާދީއްތަ 10:31
Rasheeda
ޢަހަރެމެން ބަރުލަމާނީ އަދި ރިޔާސީ ވޯޓެއް ނުލަން. ޢަދި ވަކި ފަޅިއެއްގެ ބަޔަކައްވެސް ވޯޓް ނުދެން . ޥޯޓްދިނީ އަހަރެމެންނަށް ފެންނަ އެންމެ ރަނގަޅު މީހުންނަށް.
26 ސެޕްޓެންބަރ 2021 | އާދީއްތަ 08:28
ޢަލީބެ
މާލޭ ދާއިރާއިން އެފެނުނީ އެމްޑީޕީ މެމްބަރުން ނުފޫޒެއްނެތި ނެރުނު ނަތީޖާ.