ކ. މާލެ
|
14 އޯގަސްޓް 2021 | ހޮނިހިރު 13:55
ފިރިމީހާ މަރާލި މައްސަލައިގައި ޖަލަށްލި ބްރަޒިލްގެ ގާނޫނު ހަދާ މަޖިލީހުގެ ކުރީގެ މެންބަރު
ފިރިމީހާ މަރާލި މައްސަލައިގައި ޖަލަށްލި ބްރަޒިލްގެ ގާނޫނު ހަދާ މަޖިލީހުގެ ކުރީގެ މެންބަރު
ރޮއިޓަރސް
ފިރިމީހާ މަރާލުން
ފިރިމީހާ މަރާލި މައްސަލައިގައި ބްރެޒިލްގެ ގާނޫނު ހަދާ މަޖިލީހުގެ ކުރީގެ މެންބަރަކު ޖަލަށް
ފްލޮޑެލިސް ޑޮސް ސަންޓޯޒް ވަނީ ފިރިމީހާގެ ގަޔަށް 30 ފަހަރު ބަޑި ޖަހާފައި

ފިރިމީހާ މަރާލި މައްސަލައިގައި ބްރެޒިލްގެ ގާނޫނު ހަދާ މަޖިލީހުގެ ކުރީގެ މެންބަރަކު ޖަލަށް ލައިފިއެވެ.

2019 ވަނަ އަހަރު ފިރިމީހާ މަރާލި މައްސަލައިގައި ޖަލަށްލާފައިވަނީ ބްރެޒިލްގެ ގާނޫނު ހަދާ މަޖިލީހުގެ ކުރީގެ މެންބަރެއް ކަމުގައިވާ ފްލޮޑެލިސް ޑޮސް ސަންޓޯޒެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ހުކުރު ދުވަހުގެ ހަވީރު ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކަށް ލިބިގެންދާ އިމްތިޔާޒުތައް ކަނޑާލުމާއި ގުޅިގެންނެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ މީގެ އަހަރެއްހާ ދުވަސް ކުރިން އިތުރު ބަޔަކާއި ގުޅިގެން އޭނާގެ ފިރިމީހާ މަރާލި ކަމުގެ ތުހުމަތެވެ. އެންޑަރސަން ޑު ކަރމޯ މަރާލާފައިވަނީ އެމީހުން ދިރިއުޅެމުން އައި ގޭގެ ގަރާޖުގައި 30 ފަހަރު ބަޑިޖަހައިގެންނެވެ.

މީގެ ކުރިން އޭނާ ހައްޔަރު ކޮށް ދައުވާ އުފުލިފައި ނުވަނީ ބްރެޒިިލްގެ ރިއޯ ޑި ޖެނޭރޯގެ ފެޑެރަލް ޑެޕިއުޓީގެ މަގާމުގައި ހުރުމުގެ ސަބަބުން ހުރަސްތަކެއް ދިމާވެގެންނެވެ.

ފްލޮޑެލިސް ހައްޔަރުކޮށްފައިވާ އިރު، އޭނާގެ ވަކީލު އެންޑަރސަން ވަނީ މިކަން ކުށްވެރިކޮށް މި މައްސަލަ އިސްތިއުނާފް ކުރުމަށް ހުށަހަޅާނެ ކަމަށް ވިދާޅުވެފައެވެ.

ފްލޮޑެލިސް އަކީ ކުރީގެ ލަވަކިޔުންތެރިއެކެވެ. މީގެ އިތުރުން އެހީތެރިކަމަށް ބޭނުންވާ ގިނަ އަަދަދެއްގެ ކުޑަކުދިންނަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. މިފަދަ އެތައް ސަބަބުތަކާއި ގުޅިގެން އޭނާ މި މައްސަލަ ބްރެޒިލްގެ ތެރޭގައި މަޝްހޫރުވެގެން ދިޔައެވެ.

ކަރމޯ މަރާލި މައްސަލައިގައި ފުލުހުން ބުނެފައިވަނީ މައްސަލަ ދިމާވީ އާއިލާގެ ތެރޭގައި ބާރު ހޯދަން ކުރި މަސައްކަތުގެ ތެރެއިން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް