ކ. މާލެ
|
6 އޯގަސްޓް 2021 | ހުކުރު 22:55
މުޒާހަރާ ކުރަމުންދިޔަ ފަލަސްތީނުގެ ރައްޔިތުން
މުޒާހަރާ ކުރަމުންދިޔަ ފަލަސްތީނުގެ ރައްޔިތުން
އަލްޖަޒީރާ
ފަލަސްތީން - އިސްރާއީލް
މުޒާހަރާ ކުރަމުންދިޔަ ފަލަސްތީނު މީހަކު ޝަހީދުކޮށްލައިފި
ބަޑީގެ ހަމަަލާތަކުގައި 20 މީހުން ޒަޚަމްވެގެން ހޮސްޕިޓަލަށް ގެންދިޔަ

އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ވެސްޓް ބޭންކް ސަރަހައްދުގައި މުޒާހަރާ ކުރަމުންދިޔަ ފަލަސްތީނު މީހެއްގެ ގަޔަށް ބަޑި ޖަހައި ޝަހީދު ކޮށްލައިފިއެވެ.

ބަޑި ޖަހާ ޝަހީދު ކޮށްލާފައިވަނީ އުމުރުން 38 އަހަރުގެ އިމާދު އަލީ މުހައްމަދެވެ. އޭނާގެ މެޔަށް ބަޑި ޖަހާފައިވާ ކަމަށް ފަލަސްތީނުގެ ހެލްތް މިނިސްޓްރީން ބުނެއެވެ. މުޒާހަރާ ކުރަމުން ދިޔަ ވެސްޓް ބޭންކްގެ ބެއިތާ ސަރަހައްދަކީ އާއްމުކޮށް އިސްރާއީލްގެ ސިފައިންނާ ދެކޮޅަށް މުޒާހަރާކުރާ ސަރަހައްދެކެވެ.

އީސްރާއީލްގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފަލަސްތީނުގެ 700ށްވުރެ ގިނަ ރައްޔިތުން އެ ސަރަހައްދަށް އެއްވެ ޓަޔަރު ތަކުގައި އަލިފާން ރޯކޮށް، އިސްރާއީލް ސިފައިންނާ ދިމާއަށް ޕެޓްރޯލް ބޮން އުކާފައިވާ ކަމަށެވެ. ބަޑި ޖަހަން ފެށީ ދިފާއުގައި ކަމަށްވެސް ބުނެފައިވެއެވެ.

ބަޑީގެ ހަމަަލާތަކުގައި 20 މީހުން ޒަޚަމްވެގެން ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުނެއެވެ. މީގެ ތެރޭގައި ރަބަރު އުންޑަ އެރި މީހުންނާ ކަރުނަ ގޭހުގެ އަސަރު ކޮށްފައިވާ މީހުންވެސް ހިމެނެއެވެ.

މިދިޔަ ހަފުތާގެ ހުކުރު ދުވަހު އިސްރާއީލް ސިފައިން ދިން ހަމަލާތަކުގައި 270ށްވުރެ ގިނަ މީހުންވަނީ ޒަޚަމް ވެފައެވެ. ފަލަސްތީނު

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް